ހެރެތެރެ ކަޅު އަނދިރީގައި: ރިސޯޓުގައި ކަރަންޓް ނެތިފައި

Wednesday, April 1, 2009

އައްޑު އަތޮޅުގައި މިވަގުތު ހިގަމުން އަންނަ ހަމަ އެކަނި ރިސޯޓް ހެރެތެރެ (ހަނދުފުށި) ގައި ކަރަންޓް ނެތި 12 ގަޑި އިރަށް ވުރެން ގިނަ އިރުވެއްޖެ އެވެ. 520 އެނދުގެ މިރިސޯޓްގައި މިވަގުތު އުޅެނީ ގާތްގަޑަކަށް 30 ވަރަކަށް ގެސްޓުންނެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ހެރެތެރެ އިން ވަނީ 9 ގަޑި އަށް ވުރެން ގިނައިރު ވަންދެން ކަރަންޓް ކަޑައިގެން ގޮސްފައެވެ. އެފަހަރުވެސް އަދި މިފަހަރުވެސް ކަރަންޓް ކަޑައިގެން ދިޔައީ ރިސޯޓުން ޑީސަލް ހުސްވެ ޖަނަރޭޓަރުތައް ނިވުމުގެ ސަބަބުންނެވެ. ފުރަތަމަ ފަހަރު ކަރަންޓް ނެތިގެން ގެސްޓުން ޝަކުވާ ކުރުމުން ރިސޯޓުގެ މެނޭޖްމަންޓުން ބުނެފައި ވަނީ އިންޖީނުތަކަށް ހޮނުއެޅުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ. މިހެން ބުނިދުވަހުގެ އަނެއްދުވަހު އެރިސޯޓުގެ އައިޓީއަށް ވަނީ ހޮނު އަޅާފައެވެ. ލިބުނު ގެއްލުންތައް އަދިވެސް ރަގަޅުވެފައި ނުވާ އިރު މިހާރު މިވަނީ ރިސޯޓުގައި ކަރަންޓް ނެތިފައެވެ.
ފަޅުރަށެއް ފަދައިން ރިސޯޓް އޮތަސް ރަށަށް ކޮންމެވެސް ވަރަކަށް ގެސްޓުން އެބަގެނެއެވެ. އަދި މިހާރު ވެސް ގެސްޓުން ކޮޅެއް އެތަނުގައި އެބައުޅެއެވެ. މިހެން ކަންތައްތައް ދިމާ ވުމުން މިކަމުގެ ނޭދެވޭ އަސަރު މުޅި މިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެކަން ކަށަވަރެވެ. އަދި ހާއްސަކޮށް އައްޑުއަތޮޅަށް މިކަންކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަން ޔަގީނެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓި އެމީހުން ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުން ނުވާ ފަދަ ތަނަކަށް ރާއްޖެ ވެގެން ހިގައިދާނެއެވެ.
މިއަދު މިދިމާވެފައި ވާ ކަންތައްތަކަކީ އަހަރެމެން ކޮންމެ ދިވެހި ދަރިއަކުވެސް އެކަމާ ދޭތެރޭގައި ވިސްނަން ޖެހިފައިވާ ކަމެކެވެ. މިއަދުގެ ސަރުކާރުން ވެސް މިކަމަކީ ވަގުތުން ވަގުތަށް ހައްލުކުރުވަން ޖެހިފައިވާ ކަމެކެވެ. މުޅި ދިވެހިރާއްޖޭގެ އަގު ފަތުރުވެރިންގެ ކުރިމަތީގައި ވެއްޓުނަނުދީ ހިފަހައްޓަން ޖެހޭނެއެވެ.

Read more...

ހެރެތެރެ އަށް ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދިވެސް ސަލާމަތް ނުވެފައި

Friday, March 27, 2009

މިދިޔަ ބުރާސްފަތި ދުވަހު ހެރެތެރެ އަށް ހޮނު އެޅުމުގެ އެރަށަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޮބްޒާވާ އަށް މައުލޫމާތު ލިބިއްޖެއެވެ. އެގޮތުން ހެރެތެރެގެ އައިޓީ އަށް އެކިވަރުގެ ގެއްލުންތައް ލިބި އަދިވެސް ރިސޯޓްގެ ނެޓްވޯރކް ވަނީ ރަނގަޅު ނުވެފައެވެ. އަދި ރިސޯޓްގެ ފޯންލައިން 6897766 ގެ ހިދްމަތް ވެސް ރަގަޅު ވެފައެއްނުވެއެވެ. ރިސޯޓްގެ އެއްވެސް ތަނަކަށް އިންޓަރނެޓްގެ ހިދްމަތެއްވެސް ނުލިބެއެވެ. އަދި މީގެ އިތުރުން ހެރެތެރޭގެ ޖެޓީގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އޭގެ ތެރެއިން އެއް ދޯނި ވަރަށް ބޮޑަށް ހަލާކުވެފައި ވުމުގެ ސަބަބުން މިހާރު ވަނީ މަރަދޫގައި ހުންނަ ސްލިޕްވޭ އަށް މަރާމާތު ކުރުމަށްޓަކައި ގެންގޮސްފައެވެ. އޮބްޒާވާ އަށް މައުލޫމާތު ދިން ހެރެތެރޭގެ މުވައްޒަފަކު ބުނިގޮތުގައި އެދޯނީގައި އެވަގުތު ވެސް ރާފުޅިތަކެއް ހުއްޓެވެ. އަދި އައީ އަޝްރަފްގެ ކެމްޕެއިންނަށް ފޭދޫއަށް ގެންދިއުމަށްޓަކައި އަރުވާފައި ހުރި ފުޅިތަކެއް ކަމަށެވެ.
ހެރެތެރެ އަށް މިހާ ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ވެސް ހެރެތެރޭގެ ހުރިހާ އެންމެން ވެސް މިދުވަސް ކޮޅު އުޅެނީ 3 މެމްބަރުންގެ ކެމްޕެއިންގެ ކަންތަކާ އެވެ. އެގޮތުން އޮބްޒާވާ އަށް އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ ކެމްޕެއިންނަށް ހެރެތެރެ އިން ރާ ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ މަންޒަރެވެ. އެގޮތުން ރިސޯޓްގެ ކޮންމެ މުވައްޒަފަކަށްވެސް އެއްވެސް ހިފެހެއްޓުމެއްނެތި ހެރެތެރެއިން ރާ ލިބެން ހުރިކަން ފާހަގަ ކުރެވެއެވެ. އަދި ފޭދޫގެ އިތުރުން މަރަދޫ އަށާއި ހުޅުދޫ މީދޫ އަށް ވެސް ހެރެތެރެއިން މިދުވަސް ކޮޅު ރާ ބޭރު ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މުޅި އައްޑު އަތޮޅުގެ ތެރޭގައި ގްރޫޕް މާރާމޭރީ އާއި ވައްކަން ކުރުން ފަދަ އެތައް ކަމެއް ވަނީ މިދުވަސް ކޮޅު އިތުރުވެގެން ގޮސްފައެވެ. ރައްޔިތުންނަށް ރަގަޅު ގޮތްތަކެއް ހޯދައިދޭން ބުނަމުން ދުވާ މިހުން ކެމްޕެއިން ކުރަމުން އަންނަ ގޮތަކީ މިއީ އެވެ. މިފަދަ މީހުންނަށް ވޯޓު ދިގެން ރަށުގެ ތެރޭގައި އިސްލާމްދީނާ ޙިލާފް ކަންތައް ތަކަށް އިތުރަށް މަގުފައިވާން ވެއްޖެނަމަ ދެން ހޮނު އަޅާނީ އަހަރެމެންގެ ބޮލަށް ކަމަށްވެސް ވެދާނެ އެވެ.

Read more...

ހަނދުފުށި (ހެރެތެރެ)އަށް ރޭ ހޮނު އަޅައިފި.

Tuesday, March 24, 2009


ރޭ ދަންވަރު އައްޑު އަތޮޅަށް ކުރި ވިއްސާރައިގައި ހެރެތެރެ އަށް ހޮނު އަޅައިފި ކަމަށް އޮބްޒާވާ އަށް މައުލޫމާތު ލިބިއްޖެއެވެ. ރޭ ކުރި ވިއްސާރައިގައި ހޮނު އަޅައިގެން ގެއްލުން ލިބިފައި ވަނީ ހެރެތެރޭގެ އައިޓީ އަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެ ގޮތުން ހެރެތެރޭގެ އައިޓީ މިވަގުތު އެއްކޮށް ވަނީ ޑައުން ވެފައެވެ. މުވާސަލާތުގެ ހުރިހާ ހިދުމަތެއް ވަނީ ހެރެތެރެއިން ކަޑައިގެން ގޮސްފައެވެ. އެގޮތުން ހެރެތެރޭގެ ފޯންލައިން 6897766 ގެ ހިދުމަށް ވެސް ވަނީ ކަޑައިގެން ގޮސްފައެވެ. މީގެ އިތުރުން ފެކްސް، އިންޓަރނެޓް އަދި މުޅި ހެރެތެރޭގެ ކޮމްޕިއުޓަރ ވިއުގައިގެ ހިދުމަށް ވެސް ވަނީ ކަޑައިގެން ގޮސްފައެވެ. މި ކަންތައް ހައްލު ކުރުމަށް މާލެއިން އައިޓީ އަށް އިތުރު ޓީމެއް އައިސްގެން އެބައުޅެއެވެ. ނަމަވެސް އެ މީހުންނަށް މިކަންތައް ހައްލު ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ. އެމީހުން ސާވާރ ތަކަށް ވަންނަން އިތުރު ސޮފްޓްވެއަރ އެއް ބޭނުން ވާތީ އެ ސޮފްޓްވެއަރ ލިބޭގޮތް ނުވެގެން އެމީހުންގެ މަސައްކަތް ކުރިއަށް ނުގޮސް ވަނީ މަޑު ޖެހިފައެވެ. އެހެންކަމުން ރިސޯޓުގެ އެއްވެސް އައުޓްލެޓް އަކުން ގެސްޓުންނަށް ހިދުމަތް ދެވޭގޮތް ވެސް ވަނީ ނުވެފައެވެ.
އިއްޔެރޭ ހެރެތެރެ އިން ވަނީ ޑިސަލް އެއްކޮށް ހުސްވެގެން ކަރަންޓް ޖެނެރޭޓަރުތައް ނިވި މުޅި ހެރެތެރެ އިން އިއްޔެ މެންދުރު ވަންދެން ކަރަންޓް ވަނީ ކަޑައިގެން ގޮސްފައެވެ. މިކަމަކީ ހެރެތެރޭގައި ތިބި އެންމެންވެސް ދެނެހުރި ކަމެކެވެ. ހެރެތެރެ ޖެނެރަލް މެނޭޖަރ ރޯނު އިއްބެ މީޑިއާ އަށް މައުލޫމާތު ދިން ގޮތުން ކަރަންޓް ކެޑުނީ ހޮނު އެޅުމުގެ ސަބަބުން ދިމާވި ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން ކަމަށެވެ.( ހަވީރުގައި ވާ ލިއުން ބައްލަވާ). އަދި ގެސްޓުން ނަށް ވެސް ރޯނު އިއްބެ ވަނީ ހޮނު އެޅީ ކަމަށް ބުނެ ދޮގު ހަދާފައެވެ. މިހެން ކަންތައް ހިގާފައި ވަނި ކޮށް ރޭ މިވަނީ ހެރެތެރެ އަށް އަސްލު ކޮށް ހޮނު އަޅާފައެވެ. ގުދުރަތީ ކަންތައްތަކުގައި ދޮގު ހަދައި އެހެން މީހުން އޮޅުވާލަން އުޅޭނަމަ ވަނީ ވެސް މިފަދާ ގޮތެއްތާއެވެ. ހެރެތެރޭގައި ތިބި މެނޭޖަރުން އެ އުޅެމުން ދާ ގޮތާއި ކުރާ ފާހިޝް އަމަލުތަކުން ދެން ހޮނު އަޅާނީ މިއިން މީހެއްގެ ބޮލަށް ކަމަށް ވެސް ވުން ކާރިއެވެ. މާތް ﷲ، އެކަލާންގެ އަށް އުރެދޭ މިހުންނަށް އަޒާބު ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ދެވާނޭކަން ވަނީ އަންގަވާފައެވެ. އަލް ހަމްދުލިއްލާހި..

Read more...

ޖާބިރު އާއި ހެރެތެރެ ދެވަނަބައި

Sunday, March 8, 2009

ޖާބިރު އެވެ. ކަލޭ މާލޭ މަގުމަތީގައި ލޮލީ ވިއްކަން އުޅުނަސް ކަލެއަކަށް ރިސޯޓެއް ނުހިންގޭނެއެވެ. ކަލޭގެ ސިކުނޑީގައި އެހާ ބުރަދަނެއް ނެތީކަމަށް ވެސް ވެދާނެއެވެ. އެހެންވެސް ވެދާނެއެވެ، 24 ގަޑި އިރުތެރޭގައި ކަލޭ ހަމަހޭގައި ހުންނަ އިރެއްނާންނާނެ ކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މަޖްލިސް ތެރޭގައި ގޮނޑިއަށް ދެމިފައި ކަލޭ އޮންނަތަން ފެނުމުން އަހަރެމެން ލަދުވެސް ގަނެއެވެ. ކަލޭ މަޖްލިހުގެ އިއްޒަތާއި ގަދަރު ގެއްލޭފަދަ ހާލަތުގައި ގޮސް މަޖްލިސްތެރެއަށް ވަދެ އޮންނާތީ އެވެ. ދެކޭވޭ ނުދެކެވޭ ހާލުގަ ހުރެގެން ނުވިތާކަށް އެހެންމީހުން ދައްކާ ވާހަކައިގެ ތެރެއަށްވެސް އަނގަބާނާތީއެވެ. މުޅި މިގައުމުގެ ރައްޔިތުންވެސް ކަލެއާ ހެދި ލަދު ގަންނަވަރުވެއެވެ. ކަލޭ އިނދެގެން އުޅޭ ރަންނަމާރި ދައިތާގަނޑު މިގައުމުގެ އެޓޯރނީ ޖެނެރަލް އަކަށް ލައިގެން ފަހާމަތުއް ރައީސް އުޅޭ ތީއެވެ. ދައިތާގަނޑު ވެސް ކަލެއާއި ބައިވެގެން ދޯރާ ބޯން އިންނާތީއެވެ. ލޮލީ ބޮވިފައި ހުރި ޖާބިރުއެވެ. ކަލޭ ބަނގުރޫޓް ވަނީ ކަން ކަލެއަށް ނޭގެނީ ހެއްޔެވެ؟
ކަލޭގެ ބޮލުގައި ހެރެތެރެ އަޅުވައިގެން އުޅެނީ ވެސް ވަކި ބަޔަކު ވަކި މަގްސަދަކަށްޓަކައި ކަން ކަލޭ ތިގަމާރަކަށް ނޭގެ އެވެ. އެމްޓީޑީސީ އިން ހެރެތެރެ ބިޑަށް ލުމުން (ކަލޭ ޖަރުމަނުގައި ހުއްޓާ) ކަލޭ އަރިސް ކޮށް ގެންގުޅޭ އާލާތުން ބޮޑު އަގު ހުށަހަޅައިގެން ކަލޭ އެތަނަށް ބޯގެޅުވީވެސް ގޮޅާ ޔާމީނު ކަލޭގެ އަރިސް މަންމަނުންގެ ބޮލަށް އެރިގެން ކަން ކަލެއަށް ނޭގެނީ ހެއްޔެވެ. ކަލެއަށް ފުރަތަމަ ހެރެތެރެ ނެގުމަށް ބޭނުންވި ލާރިވެސް ދިނީ ހަމަ އެ ގޮޅާ ޔާމީނު ކަން އަހަރެމެންނަށް އިގެއެވެ. ޔާމީނު އެހެން އެކަންތައް ކުރީ ހަމަ ކަލޭ ބަނގުރޫޓް ކޮށް ލުމުގެ މަގްސަދުގައި ކަން ކަލެއަށް މިހާރު މާ ރަގަޅަށް ވެސް އިގޭނެއެވެ. ކަލޭ ކައިރިއަށް ލައިގެން ތިގެންގުޅޭ ކުއްތާ ތަކަކީ ޔާމީނު ރިޝްވަތު ދީގެން އޮޅު ކޮށްފައި ހުރި ކުއްތާތަކެއް ކަން ކަލެއަށް ހަމަ ނޭގެނީ ހެއްޔެވެ. އެކުއްތާތައް ކަލޭގެ އަތުގައި ދަތް އަޅާނެ ކަން ކަލެއަށް ނޭގެނީ ހެއްޔެވެ.
ލޮލީ ޖާބިރޫ އެވެ.... ކަލޭ ހެރެތެރެގެ އިސްމަގާމުތަކަށް ލައިގެން ތި އުޅެނީ ހަމަ އަސްލު ވަލު ކުއްތާ ތަކެއްކަން ކަލޭ ހަނދާންކުރާށެވެ. ވަލު ޖަނަވާރުން ނަށް ވުރެން ވެސް ނުލަފާ ނުބައި އެއްޗެހި ކަން ދަންނާށެވެ. ފުރަތަމަ ޖެނެރަލް މެނޭޖަރަކަށް ކަލޭ ލައިގެން އުޅޭ ރޯނު ކުޑޭގެ ނަގޫ ބަޅު ޝައިތާނާ އަކީ 3 ފަހަރު ހައްޖުވެސް ވެގެން އައިސް އުޅޭ ބަޅެއް ކަން ކަލެއަށް އިގޭނެއެވެ. ފުލްމޫން ރިސޯޓުން ބޭރު ކޮށްފައި ހުރީ ކިހާވަރަކަށް ވައްކަން ކޮށްގެން ކަން އިގޭކަށް ވެސް ނެތެވެ. ކަލެއަށް މި ބަޅު ކަމުގޮސްގެން އުޅެނީ ކަލެއާއި އެކީ ފިރިހެން ކުޅި ކުޅެގެން ހެއްޔެވެ. ދެން ރިސަވޭޝަނުގައި ކަލޭ ލައިގެން ތިއުޅޭ ކައްބާބުގޭ ޒަރީރު އަކީ ބަނޑޮހުން ވައްކަން ކުރާތީ އޮބިނޯވެގެން ޑީން އެއްކަންފަތުގައި ހިފާ ނަގާ ހޫރާލި ބަޅެކެވެ. އޭގެ ފަހުން އެހެން ތަނަކުން ވަޒީފާއެއް ނުލިބި ހުއްޓާ ހެރެތެރެ ހުޅުވުނު ދުވަސްވަރު ފޮރޮންޓް އޮފީހަށް ވަދެގެން އުޅެނިކޮށް ލޮލީ އަށް ފެނިގެން ދެމީހުން ފިރިހެން ކުޅީ ކުޅެގެން މިހާރު ވަނީ ރިސަވޭޝަން މެނޭޖަރު ކަން ދީފައެވެ. ދެން ހުރީ ފެނުމުން ވެސް ފިރިހެން ކުޅިއެއް ކަން އިގޭ ނިހާދު އެވެ. މޫނުމަތި ފެނުނަސް ފިރިހެން ކުޅިއެއްކަން އިގޭނެއެވެ. މި ބަޅަކީ ވެސް ފޯސީޒަނުން ވައްކަން ކުރުމާ ހަކުރު ބުއިމާއި ރާބުއިމުގައި ހައްދުފަހަނަޅާ ގޮސްގެން ބޭރު ކޮށްފައިވާ ބަޅެކެވެ. ދެން ހުރީ ފިރިހެން ކުޅި ކުޅެގެން ޖާބިރު އާއި ތިމާގެ ވެގަނެގެން އުޅޭ އައި އެފްސީ ނަސީމް އެވެ. ލިޔަން ކިޔަން ނޭގޭ ތަނުގައި ތިމާގެ ވަޒީފާގެ ނަންވެސް ކިޔަން ނޭގެއެވެ.
ޖާބިރު އެވެ. މި ހުރިހާ އެންމެން ގުޅިގެން ކަލޭގެ ދުވަސް ދުއްވާލާނެ އެވެ. ކަލޭ ގެ ދުވަސް ދާންވާ އިރަށް އެމީހުންގެ ޖީބުތަކަށް އަޅަމުން ދާކަން ކަލެއަށް ނޭގެނީ ހެއްޔެވެ. ކަލޭ ގެންނަ ރާ ފުޅުތައް ހުސް ވަނީ އެމީހުން ބޮއި ވިއްކައިގެން ނެވެ. ގެސްޓުންނަށް ދެވޭ ވަރަށް ވުރެން މިމީހުން ބޮއި ވިއްކާ ވަރު މާގިނައެވެ. ކަލޭ ހެރެތެރެ އަށް އަންނަ ކޮންމެ ފަހަރު ކަލޭ ގެންގޮސް ބާ ތެރެއަށް ވައްދާފައި ބޯންދީފައި ބަހައްޓަނީ ކަލެއަށް ހެރެތެރޭގައި ވާނުވާ އެގިދާނެތީއެވެ.

Read more...

އަޝްރަފާއި ނަސީމުގެ ކޯޅުން

Tuesday, March 3, 2009

ހަނދުފުށީގެ ޕްރޮޕާޓީ އެންޑް އެސެޓް ޑައިރެކްޓަރ އަޝްރަފް މިހާރު ފައިނެންސިއަލް ކޮންޓްރޯލާގެ މަގާމުގައި ހުރި ނަސީމާއި ބެހޭގޮތން ރޯނުއިއްބެގެ ކައިރީގައި ޝަކުވާކޮށްފި އެވެ. އަޝްރަފް މިހާރު ބޭނުންވަނީ ނަސީމުވެސް ހެރަތެރެއިން ބޭރުކޮށްލަން ކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން އޮބްޒާވާއަށް ވަނީ މައުލޫމާތު ދީފައެވެ. ނަސީމަކީ އޭނާއަށް އެނގޭ ވަރަކުން އޭނާގެ ދާއިރާގެ ކަންތައްތައް ބަލާމީހެކެވެ. މައްސަލައަކީ ނަސީމުގެ ހިޔާލާއި ވިސްނުން މިޒަމާނަށް ނުފެތޭކަމެވެ. އެހެން ނަމަވެސް ނަސީމުދަނީ އޭނައަށް ވީވަރަކުން ރިސޯޓުގައި ހިނގާ ކަންތައްތައް ބަލާ ހަގީގަތް އޮޅުންފިލުވަމުން ނެވެ. ނަސީމު އަތުގައި ރިސޯޓުގައި ދުއްވަން އަޝްރަފް ގެންގުޅޭ ކަހަލަ ސައިކަލެއް ނެތަސް ނަސީމު ނުދާކަށް ތަނެއްނޯންނާނެ އެވެ. އޭނާ މަދުވެގެން ދުވާލަކު ހަތަރުފަސް ފަހަރު ސްޓޯރަށާއި ޕާޗޭސިންއަށްވސް ދާނެއެވެ. މިގޮތައްގޮސް ދެވޭފަހަރު ތަކުގައި ކިތަންމެ ފަހަރަކު އޝްރަފު ކުރަމުންދާ ވައްކަންތައްވެސް ނަސީމަށް ފަޅާއަރައެވެ. އަދި އަޝްރަފު ހިއްސާވާގޮތަށް އައްޑޫ ހޯލްޑިންގެ ނަމުގައްޔާއި އެހެނިހެން ނަންނަމުގައި ބޮޑުއަގުގައި ރިސޯޓަށް ގެންނަ މަހަށާއި އެހެން ބައެއް ތަކެއްޗަށް ވަގުތުން ފައިސާ ހޯދަން ކުރާމަސައްކަތްވެސް ނަސީމަށް އެގެއެވެ.

ނަސީމުގެ ކުރިމަތިން ވަމުންއައި މިފަދަ ކިތަންމެ ކަމަކަށް ލައްކަދުވަހު ކެތްކުރެވިއްޖެ ތާއެވެ. ވަކިހިސާބަކަށްވުރެ މައްޗައް އަންނަކަން އެގުމުން ނަސީމުވެސް މިކަންތަކާމެދު ވިސްނަން ފެށިއެވެ. އަދި ސީދާ ޖާބިރަށް މިކަމުގެ ރިޕޯޓް ކުރިއެވެ. ހީވާގޮތުން މިހާހިސާބަށް މިކަންދިޔަކަން އަޝްރަފަށް އެގުނު ވަގުތުން ފެށިގެން އޝްރަފު ނަސީމާއި ދޮކޮޅަށް ފޫގެޅިއެވެ. އަދި އަޝްރަފް ނަސީމާއި ދިމާލަށް ޖެއްސުމުގެ ބަސްތައްވެސް ރައްދުވާގޮތަށް ވަރަށް ގިނަ ފަހަރުވަނީ ވާހަކަ ދައްކާފައެވެ. މިހާރު މަސައްކަތްކުރަނީ ނަސީމު ހެރަތެރައިން ބޭރުކޮއްލެވޭނެ ކޮންމެވެސް ރޮކެޓެއް ޖަހާށެވެ. ނަމަނަމަ އަޝްރަފަކަށް ތިކަމެއް ނުވާނެއެވެ. ނަސީމުވެސް އިނީ ތިހަމަލާއަށް ތައްޔާރު ވެގެންނެވެ.

Read more...

ނިހާދު، ހަނީފު ބަދުނާމު ކުރުމުގެ މަގްޞަދުގައި އީމެއިލް ތަކެއް ކޮށްފި!

ހެރެތެރޭގައި މިވަގުތު އުޅެމުންދާ ޔޮޓް ޓުވާސްގެ މެނޭޖަރުންގެ މެދުގައި ވަނީ ތަފާތު މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޑިރެކްޓަރުންގެ މެދުގައި ހަމަނުޖެހުމެއް އުފެދި ތަޅާފޮޅުމަކާ ހަމައަށް ވެސް ވަނީ ގޮސްފައެވެ. އެގޮތުން ރޯނު ޝައިތާނު އާއި ޒާހިދު އާއި ސައިފްގެ މެދުގައި ދޯރާ ބާ ތެރޭގައި ވަނީ ވަރަށް ދަށްފެންވަރުގެ އަމަލުތަކެއް ފެނިގެން ގޮސްފައެވެ.


މިހާރު މިދުވަސް ކޮޅާކީވެސް މިމީހުން ވައްކަން ނުކުރެވިގެން އެކަކު އަނެކަކުގެ މެދުގައި ވަރަށް ހަމަނުޖެހުން އުފެދިފައި ވާ ދުވަސްކޮޅެކެވެ. އެގޮތުން ރޯނު ޝައިތާނު އާއި ކައްބޯ ޒަރީރު ގުޅިގެން ހެރެތެރެއިން ވައްކަން ކުރަމުންދާއިރު ދެންތިބި މީހުން ވަގަށް ނަގާނެ އެއްޗެއް ނެތުމުގެ ސަބަބުން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ސަބަބުން ވަނީ ބޮޑު ކޯޅުން ގަނޑަކަށް ވެފައެވެ.


މިމީހުންގެ ތެރޭގައި ހިގާ ކޯޅުންތަށް އޮބްޒާވާ އިން ކިޔުންތެރިންނާ ހަމައަށް ގެނެސްދެމުން ދާތީ އޮބްޒާވާ އާއި މެދު މިމީހުން މިހާރު ވަނީ ވަރަށް ކަންބޮޑު ވެފައެވެ. އެގޮތުން އޮބްޒާވާ އާއި ގުޅުމެއްވާ ކަމުގެ ތުހުމަތު ދަނީ އެކަކު އަނެކާގެ ބޮލުގައި އަޅުވަމުންނެވެ. އެގޮތުން ހިއުމަން ރިސޯސަސް މެނޭޖަރު ނިހާދު ވަނީ ހަނީފުގެ ބޮލުގައި އޮބްޒާވާ އާއި ގުޅުމެއް ވާ ކަމުގެ ތުހުމަތު އަޅުވައި މިކަމާބެހޭގޮތުން ތަފްސީލު ހޯދުމަށް ހެރެތެރެ އޮބްޒާވާ އަށް އިއްޔެ އާއި މިއަދުވެސް އީމެއިލް ތަކެއް ކޮށްފައެވެ. އަދި ނިހާދު ވަނީ ހަނީފްގެ ނަމުގައި އީމެއިލް އެޑްރެހެއްވެސް ހަދާފައެވެ. (މި އީމެއިލް ތަކުގެ ތަފްސީލް ބައްލަވާ). މި އީމެއިލްތައް ބަލާލުމުން ވަރަށް ރަގަޅަށް މިކަންތައް ހާމަވެގެން ދާނެއެވެ.


މީގެ އިތުރުން ނިހާދު އާއި ކައްބޯ ޒަރީރު އާއި ވެސް ވަރަށް ބޮޑު ކޯޅުން ގަނޑެއްގެ ތެރޭގައެވެ. އެގޮތުން ނިހާދު ޒަރީރު އާއި ދިމާލަށް ބަޅަށް ގޮވައި ރޯނު ޝައިތާނާ އަށް ފޮނުވި އީމެއިލް ވެސް ލީކު ކުރީ ޒަރީރު ކަމުގައި ވެސް ނިހާދު ބުނަމުން އެބެދެއެވެ. ނިހާދު ބުނެފައިވާ ގޮތުގައި ޒަރީރު އެކަން ކޮށްފައި ވަނީ ރޯނު ޝައިތާނާގެ ކޮމްޕިއުޓަރުގެ ކައިރިއަށް ޒަރީރު އަށް ދެވުނު ވަގުތެއްގައި ރޯނޭގެ އީމެއިލް ތައް ބަލައިގެން ގެންނެވެ. ނިހާދު ބުނާ ގޮތުން ޒަރީރު އަށް އެއީމެއިލް ފެނިގެން އީމެއިލްގައި ޒަރީރު އާއި ދިމާލަށް އެއްޗެހި ގޮވާފައި ހުރުމުން އެ ލީކް ކުރީކަމަށެވެ.


މިހުރިހާ ކޯޅުމެއްވެސް ދިމާވެގެން މިއުޅެނީ ލޮލީ މިދުވަސްވަރު މުޅިން ހުލިވެފައި ވާތީ މިވަގުން ވައްކަން ކުރާނެ އެއްޗެހި ހެރެތެރޭގައި ނެތުމުގެ ސަބަބުންނެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހަކަށް ވީވަރަކަކުން ބަނޑު އަޅާށެވެ. ނަމަވެސް މިދުވަސްވަރު ނިހާދު މެންނަށް އެއްވެސް ކޮޅެއްވަނީ ނުފެނިފައެވެ. އެހެން ކަމުން ދެން އެހެންމީހަކަށް ވެސް އެއްޗެއް ވަގަށް ނެގުނަދޭން ބޭނުމެއް ނުވެއެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ ވަރަށް ގިނަ މީހުންނަށް ނިހާދު، ޒަރީރު އަދި ރޯނު އިއްބެ ފަދަ މީހުންގެ ހަޤީޤަތް ވަރަށް ރަގަޅަށް އިގޭނެއެވެ. ނިހާދު އަކީ ވެސް އެކި ރިސޯޓްތަކުގައި އުޅެފައިވާ ވަގެކެވެ. ކޮންމެތަނަކުން ވެސް ނިހާދު ބޭރު ކޮށްފައި ވަނީ ވައްކަން ކޮށްގެން ނުވަތަ ޑްރަގުގެ މައްސަލައެއްގައެވެ. ހަމަ އެފަދައިން ރޯނު އިއްބެ ވެސް ރިސޯޓްތަކުގައި މެނޭޖަރުކަން ކޮށް ބޭރު އަރުވާލައިފައި ވަނީ ޑްރަގުނެގުމާއި އަންހެން ކުދިން ގަޔަށް އަރުމުގައި ހައްދުފަހަނަޅައި ގޮސްގެންނެވެ. ޒަރީރުވެސް ހަމަ މިހެންނެވެ.

Read more...

ނިހާދު ޒަރީރު އާއި ދިމާލަށް ބަޅަށް ގޮވީ ކީއްވެ؟

Sunday, March 1, 2009


މިމަހުގެ 12 ވަނަ ދުވަހު ހަނދުފުށީގެ ހިއުމަން ރިސޯސަސް މެނޭޖަރ ނިހާދު ހަނދުފުށީގެ ރިޒަރވޭޝަންސް މެނޭޖަރ ޒަރީރު އާއި ދިމާލަށް ވަރަށް ހަޑި ހުތުރު ބަހުރުވައިން އެއްޗެހި ކިޔައި ބަޅަށް ގޮވައި ހަނދުފުށީގެ ޖެނެރަލް މެނޭޖަރ ރޯނު ޝައިތާނާ( ރޯނު އިއްބެ) އަށް ފޮނުވި އީމެއިލް ވަނީ އޮބްޒާވާ އަށް ލިބިފައެވެ. މި އީމެއިލް އޮބްޒާވާ އަށް ލިބިފައިވަނީ ހަނދުފުށި ހިއުމަން ރިސޯސަސް މެނޭޖަރު ނިހާދުގެ ފަރާތުންނެވެ.


މި އީމެއިލް އޮބްޒާވާއަށް ފޮނުވި ސަބަބު ހޯދުމަށް ކުރެވުނު މަސައްކަތުން އެނގުނީ މިއީ ނިހާދުއާއި ޒަރީރު އަދި ރޯނު ޝައިތާނާ (ރޯނު އިއްބެ) ގުޅިގެން ރިސޯޓުން ކުރަމުންގެންދާ ވައްކަން ފޮރުވައި، މިތިން މީހުންނަކީ މިފަދަ އެއްވެސް ގުޅުމެއް ނެތް ބައެއްކަން އޮބްޒާވާ މެދުވެރިކޮށް އެންގުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. މިގޮތައް މިކަންތައް ކުރަންޖެހުނު ސަބަބެއްކަމަށް ބެލެވެނީ ރޯނު ޝައިތާނާއި ޒަރީރު ގުޅިގެން ރާއްޖޭގައި ލޯކަލް އެޖެންޓުން ގާއިމުކޮށްފައިނުވާ ޓުއާއޮޕްރޭޓަރުން ހެރެތެރެއަށް ފޮނުވާ ރިޒަވޭޝަންތައް އެހެން ރިސޯޓްތަކަށް ވިއްކައި ކުރަމުންގެންދާ ވައްކަންތަކާއި، ނިހާދު އާއި ރޯނު ޝައިތާނު ގުޅިގެން ބޭރު މީހުން ރިސޯޓްގެ ވަޒީފާއަށް އެތެރެކޮށް އެމީހުންގެ އަތުން ނަގަމުންދާ ލާރިގަނޑުގެ ކަންތައްތައް ފޮރުވުމަށްޓަކައިކަން ރިސޯޓްގެ ވަރަށް ސީނިއާ މުވައްޒަފެއްގެ ފަރާތުން އޮބްޒާވާއަށް މައުލޫމާތު ލިބިފައެވެ.


ޒަރީރުއަށް ބަޅަށް ގޮވައި ރޯނު ޝައިތާނާއަށް ނިހާދު ފޮނުވި އީމެއިލް ރިސޯޓްގެ އެސިސްޓެންޓް ޖީއެމް މުހައްމަދު ހަނީފުއަށް ސީސީ ކޮށްފައެވެ. ހަނީފުއަށް ސީސީ ކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ހަނީފުއަކީ މިމީހުން ކުރަމުންދާ ވައްކަންތައް ބަލައި ރިސޯޓްގެ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ މީހަކަށްވާތީއެވެ.


މިމީހުން ކުރަމުންގެންދާ ވައްކަމުގެ ސިލްސިލާގެ ތެރެއިން ހަތަރު ހާހަށްވުރެ ގިނަ ޑޮލަރު ރޯނު ޝައިތާނާއި ކަށްބާބު ޒަރީރު ގުޅިގެންވަނީ ދާދިފަހުން ކަށްވާލާފައެވެ. މިގޮތުން އިންޑިއާގެ ޓްރެވަލް އެޖެންޓެއް ކަމުގައިވާ އާކުއާސަން ގްރޫޕްގެ ގެސްޓުންތަކެއްގެ އިންޓަނޭޝަނަލް ފްލައިޓް ޓިކެޓް ރިސޯޓުން ނަގައި ދިނުމަށްފަހު އެފައިސާ އާކުއާސަންގެ އެޖެންޓް ރަހީމް އަތުން އިންވޮއިސްއެއް ނަހަދާ ޒަރީރު އާއި ރޯނު ޝައިތާނު ވަނީ އަތުލާފައެވެ. މިފައިސާއާއި ބެހޭގޮތުން ރިސޯޓްގެ އެކައުންޓުން ސުވާލުކުރުމުން މިމީހުން ބުނެފައިވަނީ އޮޕެރާއިން ޗާޖްކޮށްފައިވާ އިންޓަނޭޝަނަލް ފްލައިޓް ޓިކެޓަކީ ޗާޖްކުރަން ނުޖެހޭ އެއްޗެއްކަމަށެވެ. މިއީ ރޯނު ޝައިތާނާއި ޒަރީރު އަދި ނިހާދު ރިސޯޓުން ކުރަމުންދާ ވަށްކަންތަކުގެ ކުޑަ މިންވަރެކެވެ.


މައުޟޫއިން ބޭރުން: ނިހާދުގެ އީމެއިލްގައި ބަޅަށް ގޮވާފައިވަނީ ވަރަށް މޮޅަށެވެ. އެކަމަކު ރިސޯޓެއްގެ ހިއުމަން ރިސޯސަސް މެނޭޖަރަކު ލިޔެފައި މެނޭޖަރަށް ފޮނުވާ އެއްޗެއްގައި ހުންނަން ނުޖެހޭފަދަ ކުށް އިބާރާތްތައް މި އީމެއިލްގައި އެބަހުއްޓެވެ. މިސާލަކަށް "ކޮންޕެނީ" ލިޔަންޖެހޭ ތަންތާގައި "ކޮންޕެނީޒް" ލިޔެފައިވެއެވެ. މީގެ އިތުރުންވެސް މިޒަމާނުގެ ސްކޫލް ނިންމާ ކުއްޖަކުވެސް ބޭނުން ނުކުރާނެފަދަ ހަމަނުޖެހޭ އިބާރާތްތައް މިއީމެއިލްގައި އެބަހުއްޓެވެ. އެހެންކަމުން މައުޟޫއިން ބޭރުންނާއި އެތެރެއިން ނިހާދުއަށް ދަންނަވަންޖެހެނީ ކަލެއަކީ ތިފަދަ މަގާމަކަށް އެކަށީގެންވާ މީހެއް ނޫނެވެ. ނިހާދުގެ ބާކިން ޑޮގް އީމޭލަށް ސަލާމް. ކަލޭ ދެފަޔަށް ރެވިފަ ހުންނަ ވައްތަރަށް ތިޔަ ނަގަމުންދާ ކޮންޕެނީޒް ޑިސިޝަނަށްވެސް ސަލާމް. ކޮންޕެނީ ސްޕީރިއަރ ސްޓާފުން ކަލެއާއި އެޅެން ބޭނުމޭ ބުނުމުން އެކަމަށް ކިޔަމަންގަނެ މަހަކު ދެފަހަރު ބޭރު ވޮށި ބަދަލުކުރަންޖެހޭ ވަރަށް އެމީހުންނާއި ތިޔަ އެޅޭ އެޅުމަށް ސަލާމް. އަދި ތިޔަ އެޅުމެއް އެޅޭއިރު ބޯންވެގެން ކޮންމެ ހަފްތާއަކު ހިތަދޫއިން ތިޔަ ގެންނަ ތެޔޮ ބިޑަށްވެސް ސަލާމް.

މައުޟޫއިން ބޭރުން އެއްޗެއް ލިޔެދިނުމަށް ހެރެތެރެ އޮބްޒާވަ (އެޗްއޯ) ކަލޭގެ އަޅުގަނޑު (ކަރުސަތޭ ޖޫނިއާރ) ގާތުން އެދުނުކަމަށްޓަކައި އެޗްއޯ ކަލޭގެއަށްވެސް ސަލާމް.

Read more...

މައްޗަށް ދާން