ހެރެތެރެ އަށް ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދިވެސް ސަލާމަތް ނުވެފައި

Friday, March 27, 2009

މިދިޔަ ބުރާސްފަތި ދުވަހު ހެރެތެރެ އަށް ހޮނު އެޅުމުގެ އެރަށަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޮބްޒާވާ އަށް މައުލޫމާތު ލިބިއްޖެއެވެ. އެގޮތުން ހެރެތެރެގެ އައިޓީ އަށް އެކިވަރުގެ ގެއްލުންތައް ލިބި އަދިވެސް ރިސޯޓްގެ ނެޓްވޯރކް ވަނީ ރަނގަޅު ނުވެފައެވެ. އަދި ރިސޯޓްގެ ފޯންލައިން 6897766 ގެ ހިދްމަތް ވެސް ރަގަޅު ވެފައެއްނުވެއެވެ. ރިސޯޓްގެ އެއްވެސް ތަނަކަށް އިންޓަރނެޓްގެ ހިދްމަތެއްވެސް ނުލިބެއެވެ. އަދި މީގެ އިތުރުން ހެރެތެރޭގެ ޖެޓީގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އޭގެ ތެރެއިން އެއް ދޯނި ވަރަށް ބޮޑަށް ހަލާކުވެފައި ވުމުގެ ސަބަބުން މިހާރު ވަނީ މަރަދޫގައި ހުންނަ ސްލިޕްވޭ އަށް މަރާމާތު ކުރުމަށްޓަކައި ގެންގޮސްފައެވެ. އޮބްޒާވާ އަށް މައުލޫމާތު ދިން ހެރެތެރޭގެ މުވައްޒަފަކު ބުނިގޮތުގައި އެދޯނީގައި އެވަގުތު ވެސް ރާފުޅިތަކެއް ހުއްޓެވެ. އަދި އައީ އަޝްރަފްގެ ކެމްޕެއިންނަށް ފޭދޫއަށް ގެންދިއުމަށްޓަކައި އަރުވާފައި ހުރި ފުޅިތަކެއް ކަމަށެވެ.
ހެރެތެރެ އަށް މިހާ ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ވެސް ހެރެތެރޭގެ ހުރިހާ އެންމެން ވެސް މިދުވަސް ކޮޅު އުޅެނީ 3 މެމްބަރުންގެ ކެމްޕެއިންގެ ކަންތަކާ އެވެ. އެގޮތުން އޮބްޒާވާ އަށް އެންމެ ބޮޑަށް ފާހަގަ ވެފައި ވަނީ ކެމްޕެއިންނަށް ހެރެތެރެ އިން ރާ ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ މަންޒަރެވެ. އެގޮތުން ރިސޯޓްގެ ކޮންމެ މުވައްޒަފަކަށްވެސް އެއްވެސް ހިފެހެއްޓުމެއްނެތި ހެރެތެރެއިން ރާ ލިބެން ހުރިކަން ފާހަގަ ކުރެވެއެވެ. އަދި ފޭދޫގެ އިތުރުން މަރަދޫ އަށާއި ހުޅުދޫ މީދޫ އަށް ވެސް ހެރެތެރެއިން މިދުވަސް ކޮޅު ރާ ބޭރު ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މުޅި އައްޑު އަތޮޅުގެ ތެރޭގައި ގްރޫޕް މާރާމޭރީ އާއި ވައްކަން ކުރުން ފަދަ އެތައް ކަމެއް ވަނީ މިދުވަސް ކޮޅު އިތުރުވެގެން ގޮސްފައެވެ. ރައްޔިތުންނަށް ރަގަޅު ގޮތްތަކެއް ހޯދައިދޭން ބުނަމުން ދުވާ މިހުން ކެމްޕެއިން ކުރަމުން އަންނަ ގޮތަކީ މިއީ އެވެ. މިފަދަ މީހުންނަށް ވޯޓު ދިގެން ރަށުގެ ތެރޭގައި އިސްލާމްދީނާ ޙިލާފް ކަންތައް ތަކަށް އިތުރަށް މަގުފައިވާން ވެއްޖެނަމަ ދެން ހޮނު އަޅާނީ އަހަރެމެންގެ ބޮލަށް ކަމަށްވެސް ވެދާނެ އެވެ.

0 comments:

މައްޗަށް ދާން