ހެރެތެރެ ކަޅު އަނދިރީގައި: ރިސޯޓުގައި ކަރަންޓް ނެތިފައި

Wednesday, April 1, 2009

އައްޑު އަތޮޅުގައި މިވަގުތު ހިގަމުން އަންނަ ހަމަ އެކަނި ރިސޯޓް ހެރެތެރެ (ހަނދުފުށި) ގައި ކަރަންޓް ނެތި 12 ގަޑި އިރަށް ވުރެން ގިނަ އިރުވެއްޖެ އެވެ. 520 އެނދުގެ މިރިސޯޓްގައި މިވަގުތު އުޅެނީ ގާތްގަޑަކަށް 30 ވަރަކަށް ގެސްޓުންނެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ހެރެތެރެ އިން ވަނީ 9 ގަޑި އަށް ވުރެން ގިނައިރު ވަންދެން ކަރަންޓް ކަޑައިގެން ގޮސްފައެވެ. އެފަހަރުވެސް އަދި މިފަހަރުވެސް ކަރަންޓް ކަޑައިގެން ދިޔައީ ރިސޯޓުން ޑީސަލް ހުސްވެ ޖަނަރޭޓަރުތައް ނިވުމުގެ ސަބަބުންނެވެ. ފުރަތަމަ ފަހަރު ކަރަންޓް ނެތިގެން ގެސްޓުން ޝަކުވާ ކުރުމުން ރިސޯޓުގެ މެނޭޖްމަންޓުން ބުނެފައި ވަނީ އިންޖީނުތަކަށް ހޮނުއެޅުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ. މިހެން ބުނިދުވަހުގެ އަނެއްދުވަހު އެރިސޯޓުގެ އައިޓީއަށް ވަނީ ހޮނު އަޅާފައެވެ. ލިބުނު ގެއްލުންތައް އަދިވެސް ރަގަޅުވެފައި ނުވާ އިރު މިހާރު މިވަނީ ރިސޯޓުގައި ކަރަންޓް ނެތިފައެވެ.
ފަޅުރަށެއް ފަދައިން ރިސޯޓް އޮތަސް ރަށަށް ކޮންމެވެސް ވަރަކަށް ގެސްޓުން އެބަގެނެއެވެ. އަދި މިހާރު ވެސް ގެސްޓުން ކޮޅެއް އެތަނުގައި އެބައުޅެއެވެ. މިހެން ކަންތައްތައް ދިމާ ވުމުން މިކަމުގެ ނޭދެވޭ އަސަރު މުޅި މިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެކަން ކަށަވަރެވެ. އަދި ހާއްސަކޮށް އައްޑުއަތޮޅަށް މިކަންކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަން ޔަގީނެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓި އެމީހުން ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުން ނުވާ ފަދަ ތަނަކަށް ރާއްޖެ ވެގެން ހިގައިދާނެއެވެ.
މިއަދު މިދިމާވެފައި ވާ ކަންތައްތަކަކީ އަހަރެމެން ކޮންމެ ދިވެހި ދަރިއަކުވެސް އެކަމާ ދޭތެރޭގައި ވިސްނަން ޖެހިފައިވާ ކަމެކެވެ. މިއަދުގެ ސަރުކާރުން ވެސް މިކަމަކީ ވަގުތުން ވަގުތަށް ހައްލުކުރުވަން ޖެހިފައިވާ ކަމެކެވެ. މުޅި ދިވެހިރާއްޖޭގެ އަގު ފަތުރުވެރިންގެ ކުރިމަތީގައި ވެއްޓުނަނުދީ ހިފަހައްޓަން ޖެހޭނެއެވެ.

5 comments:

Anonymous said...

މީހުންގެ އަބުރާއި ބެހުމަކީ ދީނީ ގޮތުން ޙަރާމް ކަމަށް ކަން ތެވެރިންނަށަސް އެނގޭހެއް. ސަވާދާއި ދިޔާނާއި ބެހޭ ގޮތުން ތެ ދައްކާ ވާހކާކީ ހުސް ދޮގޮ. ވީމެއި އެ ފޮޓޯ މި ސައިޓުން ނަގާހެއް ކަމަށް އުއްމީދުކެރަން.

Anonymous said...

Discount RX Pharmacy - Cialis, Viagra, Levitra, Tamiflu. Order Generic Medication In own Pharmacy. Buy Pills Central.
[url=http://buypillscentral.com/about_en-us.htm]Discount Viagra, Cialis, Levitra, Tamiflu Drugstore without prescription[/url]. prescription generic drugs. Cheap pills pharmacy

Anonymous said...

Besides, we accord lessen Cialis dispensary, which is kind of impressive in make use of than other famous generic Viagra Online Erectile dysfunction Cialis pharmacy online drugs.

Anonymous said...

But still, there are splendidly known companies which merit large words and created an splendid buy Cialis Online reputation.

Anonymous said...

What exactly would you like to tell?

މައްޗަށް ދާން