ހަނދުފުށި (ހެރެތެރެ)އަށް ރޭ ހޮނު އަޅައިފި.

Tuesday, March 24, 2009


ރޭ ދަންވަރު އައްޑު އަތޮޅަށް ކުރި ވިއްސާރައިގައި ހެރެތެރެ އަށް ހޮނު އަޅައިފި ކަމަށް އޮބްޒާވާ އަށް މައުލޫމާތު ލިބިއްޖެއެވެ. ރޭ ކުރި ވިއްސާރައިގައި ހޮނު އަޅައިގެން ގެއްލުން ލިބިފައި ވަނީ ހެރެތެރޭގެ އައިޓީ އަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެ ގޮތުން ހެރެތެރޭގެ އައިޓީ މިވަގުތު އެއްކޮށް ވަނީ ޑައުން ވެފައެވެ. މުވާސަލާތުގެ ހުރިހާ ހިދުމަތެއް ވަނީ ހެރެތެރެއިން ކަޑައިގެން ގޮސްފައެވެ. އެގޮތުން ހެރެތެރޭގެ ފޯންލައިން 6897766 ގެ ހިދުމަށް ވެސް ވަނީ ކަޑައިގެން ގޮސްފައެވެ. މީގެ އިތުރުން ފެކްސް، އިންޓަރނެޓް އަދި މުޅި ހެރެތެރޭގެ ކޮމްޕިއުޓަރ ވިއުގައިގެ ހިދުމަށް ވެސް ވަނީ ކަޑައިގެން ގޮސްފައެވެ. މި ކަންތައް ހައްލު ކުރުމަށް މާލެއިން އައިޓީ އަށް އިތުރު ޓީމެއް އައިސްގެން އެބައުޅެއެވެ. ނަމަވެސް އެ މީހުންނަށް މިކަންތައް ހައްލު ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ. އެމީހުން ސާވާރ ތަކަށް ވަންނަން އިތުރު ސޮފްޓްވެއަރ އެއް ބޭނުން ވާތީ އެ ސޮފްޓްވެއަރ ލިބޭގޮތް ނުވެގެން އެމީހުންގެ މަސައްކަތް ކުރިއަށް ނުގޮސް ވަނީ މަޑު ޖެހިފައެވެ. އެހެންކަމުން ރިސޯޓުގެ އެއްވެސް އައުޓްލެޓް އަކުން ގެސްޓުންނަށް ހިދުމަތް ދެވޭގޮތް ވެސް ވަނީ ނުވެފައެވެ.
އިއްޔެރޭ ހެރެތެރެ އިން ވަނީ ޑިސަލް އެއްކޮށް ހުސްވެގެން ކަރަންޓް ޖެނެރޭޓަރުތައް ނިވި މުޅި ހެރެތެރެ އިން އިއްޔެ މެންދުރު ވަންދެން ކަރަންޓް ވަނީ ކަޑައިގެން ގޮސްފައެވެ. މިކަމަކީ ހެރެތެރޭގައި ތިބި އެންމެންވެސް ދެނެހުރި ކަމެކެވެ. ހެރެތެރެ ޖެނެރަލް މެނޭޖަރ ރޯނު އިއްބެ މީޑިއާ އަށް މައުލޫމާތު ދިން ގޮތުން ކަރަންޓް ކެޑުނީ ހޮނު އެޅުމުގެ ސަބަބުން ދިމާވި ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން ކަމަށެވެ.( ހަވީރުގައި ވާ ލިއުން ބައްލަވާ). އަދި ގެސްޓުން ނަށް ވެސް ރޯނު އިއްބެ ވަނީ ހޮނު އެޅީ ކަމަށް ބުނެ ދޮގު ހަދާފައެވެ. މިހެން ކަންތައް ހިގާފައި ވަނި ކޮށް ރޭ މިވަނީ ހެރެތެރެ އަށް އަސްލު ކޮށް ހޮނު އަޅާފައެވެ. ގުދުރަތީ ކަންތައްތަކުގައި ދޮގު ހަދައި އެހެން މީހުން އޮޅުވާލަން އުޅޭނަމަ ވަނީ ވެސް މިފަދާ ގޮތެއްތާއެވެ. ހެރެތެރޭގައި ތިބި މެނޭޖަރުން އެ އުޅެމުން ދާ ގޮތާއި ކުރާ ފާހިޝް އަމަލުތަކުން ދެން ހޮނު އަޅާނީ މިއިން މީހެއްގެ ބޮލަށް ކަމަށް ވެސް ވުން ކާރިއެވެ. މާތް ﷲ، އެކަލާންގެ އަށް އުރެދޭ މިހުންނަށް އަޒާބު ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ދެވާނޭކަން ވަނީ އަންގަވާފައެވެ. އަލް ހަމްދުލިއްލާހި..

0 comments:

މައްޗަށް ދާން