އަޝްރަފާއި ނަސީމުގެ ކޯޅުން

Tuesday, March 3, 2009

ހަނދުފުށީގެ ޕްރޮޕާޓީ އެންޑް އެސެޓް ޑައިރެކްޓަރ އަޝްރަފް މިހާރު ފައިނެންސިއަލް ކޮންޓްރޯލާގެ މަގާމުގައި ހުރި ނަސީމާއި ބެހޭގޮތން ރޯނުއިއްބެގެ ކައިރީގައި ޝަކުވާކޮށްފި އެވެ. އަޝްރަފް މިހާރު ބޭނުންވަނީ ނަސީމުވެސް ހެރަތެރެއިން ބޭރުކޮށްލަން ކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން އޮބްޒާވާއަށް ވަނީ މައުލޫމާތު ދީފައެވެ. ނަސީމަކީ އޭނާއަށް އެނގޭ ވަރަކުން އޭނާގެ ދާއިރާގެ ކަންތައްތައް ބަލާމީހެކެވެ. މައްސަލައަކީ ނަސީމުގެ ހިޔާލާއި ވިސްނުން މިޒަމާނަށް ނުފެތޭކަމެވެ. އެހެން ނަމަވެސް ނަސީމުދަނީ އޭނައަށް ވީވަރަކުން ރިސޯޓުގައި ހިނގާ ކަންތައްތައް ބަލާ ހަގީގަތް އޮޅުންފިލުވަމުން ނެވެ. ނަސީމު އަތުގައި ރިސޯޓުގައި ދުއްވަން އަޝްރަފް ގެންގުޅޭ ކަހަލަ ސައިކަލެއް ނެތަސް ނަސީމު ނުދާކަށް ތަނެއްނޯންނާނެ އެވެ. އޭނާ މަދުވެގެން ދުވާލަކު ހަތަރުފަސް ފަހަރު ސްޓޯރަށާއި ޕާޗޭސިންއަށްވސް ދާނެއެވެ. މިގޮތައްގޮސް ދެވޭފަހަރު ތަކުގައި ކިތަންމެ ފަހަރަކު އޝްރަފު ކުރަމުންދާ ވައްކަންތައްވެސް ނަސީމަށް ފަޅާއަރައެވެ. އަދި އަޝްރަފު ހިއްސާވާގޮތަށް އައްޑޫ ހޯލްޑިންގެ ނަމުގައްޔާއި އެހެނިހެން ނަންނަމުގައި ބޮޑުއަގުގައި ރިސޯޓަށް ގެންނަ މަހަށާއި އެހެން ބައެއް ތަކެއްޗަށް ވަގުތުން ފައިސާ ހޯދަން ކުރާމަސައްކަތްވެސް ނަސީމަށް އެގެއެވެ.

ނަސީމުގެ ކުރިމަތިން ވަމުންއައި މިފަދަ ކިތަންމެ ކަމަކަށް ލައްކަދުވަހު ކެތްކުރެވިއްޖެ ތާއެވެ. ވަކިހިސާބަކަށްވުރެ މައްޗައް އަންނަކަން އެގުމުން ނަސީމުވެސް މިކަންތަކާމެދު ވިސްނަން ފެށިއެވެ. އަދި ސީދާ ޖާބިރަށް މިކަމުގެ ރިޕޯޓް ކުރިއެވެ. ހީވާގޮތުން މިހާހިސާބަށް މިކަންދިޔަކަން އަޝްރަފަށް އެގުނު ވަގުތުން ފެށިގެން އޝްރަފު ނަސީމާއި ދޮކޮޅަށް ފޫގެޅިއެވެ. އަދި އަޝްރަފް ނަސީމާއި ދިމާލަށް ޖެއްސުމުގެ ބަސްތައްވެސް ރައްދުވާގޮތަށް ވަރަށް ގިނަ ފަހަރުވަނީ ވާހަކަ ދައްކާފައެވެ. މިހާރު މަސައްކަތްކުރަނީ ނަސީމު ހެރަތެރައިން ބޭރުކޮއްލެވޭނެ ކޮންމެވެސް ރޮކެޓެއް ޖަހާށެވެ. ނަމަނަމަ އަޝްރަފަކަށް ތިކަމެއް ނުވާނެއެވެ. ނަސީމުވެސް އިނީ ތިހަމަލާއަށް ތައްޔާރު ވެގެންނެވެ.

0 comments:

މައްޗަށް ދާން