ނިހާދު، ހަނީފު ބަދުނާމު ކުރުމުގެ މަގްޞަދުގައި އީމެއިލް ތަކެއް ކޮށްފި!

Tuesday, March 3, 2009

ހެރެތެރޭގައި މިވަގުތު އުޅެމުންދާ ޔޮޓް ޓުވާސްގެ މެނޭޖަރުންގެ މެދުގައި ވަނީ ތަފާތު މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޑިރެކްޓަރުންގެ މެދުގައި ހަމަނުޖެހުމެއް އުފެދި ތަޅާފޮޅުމަކާ ހަމައަށް ވެސް ވަނީ ގޮސްފައެވެ. އެގޮތުން ރޯނު ޝައިތާނު އާއި ޒާހިދު އާއި ސައިފްގެ މެދުގައި ދޯރާ ބާ ތެރޭގައި ވަނީ ވަރަށް ދަށްފެންވަރުގެ އަމަލުތަކެއް ފެނިގެން ގޮސްފައެވެ.


މިހާރު މިދުވަސް ކޮޅާކީވެސް މިމީހުން ވައްކަން ނުކުރެވިގެން އެކަކު އަނެކަކުގެ މެދުގައި ވަރަށް ހަމަނުޖެހުން އުފެދިފައި ވާ ދުވަސްކޮޅެކެވެ. އެގޮތުން ރޯނު ޝައިތާނު އާއި ކައްބޯ ޒަރީރު ގުޅިގެން ހެރެތެރެއިން ވައްކަން ކުރަމުންދާއިރު ދެންތިބި މީހުން ވަގަށް ނަގާނެ އެއްޗެއް ނެތުމުގެ ސަބަބުން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ސަބަބުން ވަނީ ބޮޑު ކޯޅުން ގަނޑަކަށް ވެފައެވެ.


މިމީހުންގެ ތެރޭގައި ހިގާ ކޯޅުންތަށް އޮބްޒާވާ އިން ކިޔުންތެރިންނާ ހަމައަށް ގެނެސްދެމުން ދާތީ އޮބްޒާވާ އާއި މެދު މިމީހުން މިހާރު ވަނީ ވަރަށް ކަންބޮޑު ވެފައެވެ. އެގޮތުން އޮބްޒާވާ އާއި ގުޅުމެއްވާ ކަމުގެ ތުހުމަތު ދަނީ އެކަކު އަނެކާގެ ބޮލުގައި އަޅުވަމުންނެވެ. އެގޮތުން ހިއުމަން ރިސޯސަސް މެނޭޖަރު ނިހާދު ވަނީ ހަނީފުގެ ބޮލުގައި އޮބްޒާވާ އާއި ގުޅުމެއް ވާ ކަމުގެ ތުހުމަތު އަޅުވައި މިކަމާބެހޭގޮތުން ތަފްސީލު ހޯދުމަށް ހެރެތެރެ އޮބްޒާވާ އަށް އިއްޔެ އާއި މިއަދުވެސް އީމެއިލް ތަކެއް ކޮށްފައެވެ. އަދި ނިހާދު ވަނީ ހަނީފްގެ ނަމުގައި އީމެއިލް އެޑްރެހެއްވެސް ހަދާފައެވެ. (މި އީމެއިލް ތަކުގެ ތަފްސީލް ބައްލަވާ). މި އީމެއިލްތައް ބަލާލުމުން ވަރަށް ރަގަޅަށް މިކަންތައް ހާމަވެގެން ދާނެއެވެ.


މީގެ އިތުރުން ނިހާދު އާއި ކައްބޯ ޒަރީރު އާއި ވެސް ވަރަށް ބޮޑު ކޯޅުން ގަނޑެއްގެ ތެރޭގައެވެ. އެގޮތުން ނިހާދު ޒަރީރު އާއި ދިމާލަށް ބަޅަށް ގޮވައި ރޯނު ޝައިތާނާ އަށް ފޮނުވި އީމެއިލް ވެސް ލީކު ކުރީ ޒަރީރު ކަމުގައި ވެސް ނިހާދު ބުނަމުން އެބެދެއެވެ. ނިހާދު ބުނެފައިވާ ގޮތުގައި ޒަރީރު އެކަން ކޮށްފައި ވަނީ ރޯނު ޝައިތާނާގެ ކޮމްޕިއުޓަރުގެ ކައިރިއަށް ޒަރީރު އަށް ދެވުނު ވަގުތެއްގައި ރޯނޭގެ އީމެއިލް ތައް ބަލައިގެން ގެންނެވެ. ނިހާދު ބުނާ ގޮތުން ޒަރީރު އަށް އެއީމެއިލް ފެނިގެން އީމެއިލްގައި ޒަރީރު އާއި ދިމާލަށް އެއްޗެހި ގޮވާފައި ހުރުމުން އެ ލީކް ކުރީކަމަށެވެ.


މިހުރިހާ ކޯޅުމެއްވެސް ދިމާވެގެން މިއުޅެނީ ލޮލީ މިދުވަސްވަރު މުޅިން ހުލިވެފައި ވާތީ މިވަގުން ވައްކަން ކުރާނެ އެއްޗެހި ހެރެތެރޭގައި ނެތުމުގެ ސަބަބުންނެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހަކަށް ވީވަރަކަކުން ބަނޑު އަޅާށެވެ. ނަމަވެސް މިދުވަސްވަރު ނިހާދު މެންނަށް އެއްވެސް ކޮޅެއްވަނީ ނުފެނިފައެވެ. އެހެން ކަމުން ދެން އެހެންމީހަކަށް ވެސް އެއްޗެއް ވަގަށް ނެގުނަދޭން ބޭނުމެއް ނުވެއެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ ވަރަށް ގިނަ މީހުންނަށް ނިހާދު، ޒަރީރު އަދި ރޯނު އިއްބެ ފަދަ މީހުންގެ ހަޤީޤަތް ވަރަށް ރަގަޅަށް އިގޭނެއެވެ. ނިހާދު އަކީ ވެސް އެކި ރިސޯޓްތަކުގައި އުޅެފައިވާ ވަގެކެވެ. ކޮންމެތަނަކުން ވެސް ނިހާދު ބޭރު ކޮށްފައި ވަނީ ވައްކަން ކޮށްގެން ނުވަތަ ޑްރަގުގެ މައްސަލައެއްގައެވެ. ހަމަ އެފަދައިން ރޯނު އިއްބެ ވެސް ރިސޯޓްތަކުގައި މެނޭޖަރުކަން ކޮށް ބޭރު އަރުވާލައިފައި ވަނީ ޑްރަގުނެގުމާއި އަންހެން ކުދިން ގަޔަށް އަރުމުގައި ހައްދުފަހަނަޅައި ގޮސްގެންނެވެ. ޒަރީރުވެސް ހަމަ މިހެންނެވެ.

0 comments:

މައްޗަށް ދާން