ޔޮޓް ޓުވާސް ގެ މާލީ ހާލަތު ދަށަށް ދަނީ
Monday, February 2, 2009
ހެރެތެރެ ރިސޯޓްގެ ޖެނެރޭޓަރު ތަކަށް ބޭނުންވާ ޑީސަލް ހުސްވުމަކަށް ގޮސް ޑީސަލް ދަރަންޏަށް އެއްވެސް ތަނަކުން ދޫނުކުރުމުގެ ސަބަބުން ހަފްތާ އަކަށް ވާނެ ޑީސަލް މިއަދު ހެރެތެރެ އަށް ގެނެސްފިއެވެ. މި ޑީސަލް ގަނެފައި ވަނީ އަމާޒް ފިލިންގް މީހުން އަތުން ވަގުތުން ލާރި ދީފައެވެ. ހެރެތެރެ އަށް ދަރަންޏަށް އެއްވެސް އެއްޗެއް ދިނުން އައްޑު އަތޮޅުގެ ހުރިހާ ވިޔާފާރި ވެރިން ވެސް ވަނީ ހުއްޓާލާފައެވެ.
ހެރެތެރެ އަށް ޑީސަލް ގެނެސް ތޮޔޮ ތާންގި ތަކާހަމައަށް ހޮޅި އަޅާފައި ވަނީ ތޮޔޮ ބޯޓު ފަހަރުން އެބޯޓު ފަހަރުގެ ތެޔޮ ޕަމްޕް ތަކުން ތާންގިތަކާ ހަމައަށް ތެޔޮ ފޮނުވޭ ގޮތަށެވެ. އެހެން ކަމުން އިތުރު ޕަމްޕެއް މިކަމަށް ހެރެތެރޭގައި ނުހުންނާނެއެވެ. ނަމަވެސް މިފަހަރު ތެޔޮ ގެންނަން ޖެހުނީ ކަޅު ހަންތަކަށް އަޅައިގެން ކަމުން ތާންގިތަކާއި ހަމައަށް ތެޔޮ ފޮނުވޭނެ ގޮތެއް ވަނީ ނުވެފައެވެ. ދެން ޖެހުނީ މިކަން ކުރެވޭ ވަރުގެ ވަރުގަދަ ޕަމްޕެއް ހުރިތަނަކުން ނަގައިގެން ގެނެސް ޕަމްޕް ކުރެވޭނެ ގޮތެއް ހަދާށެވެ. ހެރެތެރޭގެ ދޯނިބާގެ ޕޫލް އަކީ 200 ފޫޓް ދިގު 50 ފޫޓް ފުޅާ ޕޫލަކަށް ވުމުން ޕޫލަށް ފެން އެޅުމަށް ބަހައްޓާފައި ހުންނަނީ ވަރަށް ވަރުގަދަ ޕަމްޕެކެވެ. ހެރެތެރެ އޮބްޒާވާ އަށް މައުލޫމާތު ލިބިފައި ވާގޮތުގައި މިއަދު ދޯނިބާގެ ޕަމްޕް ނަގާ ތޮޔޮ ޕަމްޕް ކުރުމަށް ވަނީ ބޭނުން ކޮށް ފައަވެ. މެނޭޖްމަންޓުން ބުނިގޮތުގައި ޕޫލްގެ ޕަމްޕް އަކީ އަބަދު ބޭނުން ކުރަން ނުޖެހޭ ޕަމްޕެއް ކަމަށްވެފައި ތެޔޮތާންގި ތަށް މުޅިން ހުސްވެފައި ވުމުގެ ސަބަބުން ކޮންމެހެންވެސް މިކަން މިގޮތަށް ކުރަން ޖެހެއެވެ.
ހެރެތެރެ ހިންގުމާ ހަވާލުވެގެން އުޅޭ ޔޮޓް ޓުވާސް އަށް ހެރެތެރެ އަށް ބޭނުން ވާވަރަށް ތޮޔޮ ގަނެވޭވަރުގެ މާލީ ތަނަވަސް ކަމެއް ނެތީބާވައެވެ. ހެރެތެރެގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން މިހާރު ވަނީ ގެސްޓުން ނެތް ހުރިހާ ކޮޓަރި ތަކުން ކަރަންޓުވެސް ކަނޑާލާފައެވެ. އެގޮތުން 250 އަށް ވުރެން ގިނަ ކޮޓަރިތަކުން ކަރަންޓުވަނީ ކަނޑާލާފައެވެ. މީގެ އިތުރުން ދުވާލުގެ ވަގުތުގައި ސްޓާފް ރޫމް ތަކުން ވެސް ކަރަންޓް ދަނީ ކަނޑަމުންނެވެ.
ޔޮޓް ޓުވާސް އިން މީގެ އިތުރުން ވެސް ހަރަދު ކުޑަކުރުމުގެ ބައެއް ސްޓާފުން ވަޒީފާއިން ވަކި ކުރުމުގެ މަޝްރޫއެއްވެސް ކުރިއަށް އެބަ ގެންދެއެވެ.
0 comments:
Post a Comment