ހެރެތެރެ ގޭމް ޕޮލިޓިކަލް ގޭމް އެއް
Sunday, February 1, 2009
ހެރެތެރޭގެ މައްސަލަ، ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ވުރެން ބަގުރޫޓް ވަމުންދާ ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަށް ކުރުމަށް :
ހެރެތެރެ ހިންގުމާއި ހަވާލު ވެގެން އުޅޭ ޔޮޓް ޓުއަރސް ކުންފުނި އިން ގަބޫލު ކުރެވޭނެ އުޒުރެއްނެތި ވަޒީފާގެ ގާނޫނާއި ހިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާދިއުމާގުޅިގެންނާއި ޔޮޓްޓުއަރސް އިން ހެރެތެރޭގައި ހިންގަމުންދާ ފަހިޝް ބަދު އަހްލާގީ އަމަލުތަކާއި، ހެރެތެރެއިން އެއްވެސް ހިފެހެއްޓުމެއްނެތި އައްޑު އަތޮޅުގެ ރަށްތަކަށް ބަނގުރާ ފޯރު ކޮށް ދެމުން ދާތީ މިކަމާ ދެކޮޅު ހަދާ ވަޒީފާ އިން ވަކި ކޮށްފައި ތިބިމީހުންނަށް އެމީހުންގެ ހައްޤުތައް ހޯދައިދިނުމުގެ ގޮތުން ހުޅުދޫމީދޫ ގިނަ ރައްޔިތުންތަކެއް ނިކުމެ ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ އާއި ގުޅިގެން ހުކުރުދުވަހުގެ 2:00 ގައި އައްޑު އަތޮޅަށް ރައީސް އައްޔަން ކުރައްވާފައިވާ ކައުންސެލަރ އަބްދުﷲ ސާދިޤް (ސޯބެ) ވަނީ ހުޅުދޫ އަށް ވަޑައިގެން މުޒާހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހުންނާ ބައްދަލުކޮށްފައެވެ.
މިބައްދަލުވުމުގައި ސޯބެ ވަނީ މުޒާހަރާ ކުރުމުގެ މަގްޞަދަކީ ކޮބައިތޯ އޮޅުން ފިލުވާފައެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރި ވާ ފަރާތްތަކުން ވަނީ ސޯބެ އަށް ވަރަށް ތަފްސީލް ކޮށް މުޒާހަރާގެ މަގްޞަދް ކިޔައިދީފައެވެ. މިކަމުގައި ސޯބެ ފުރަތަމަ ދިން ހިޔާލަކީ ސޯބެ އާއި އެކީ ޔޮޓް ޓުއާރސްގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން މި ކަންތަށް ހައްލު ކުރެވޭނެ ގޮތެއް ބެލުމަށެވެ. ނަމަވެސް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރި ވާފަރާތްތަކުން ބުނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭނީ މިވަގުތަށް އެކަނި ކަމަށެވެ. ނަމަވެސް އެމީހުން ބޭނުން ވަނީ މިކަހަލަ މައްސަލަ އިތުރަށް ކުރިއަށް އޮތްތަނުގައި ވެސްދިމާނުވާނެ ފަދަ ގޮތަކަށް މިކަން ހައްލު ކުރުމަށް ކަމަށެވެ. އަދި އެމީހުން ބުނި ގޮތުގައި ޔޮޓް ޓުވާރސް އަށް ހެރެތެރެ ވަރުގެ ބޮޑު ރިސޯޓެއް ހިންގިދާނެ ކަމަކަށް އެމީހުންނަށް ގަބޫލް ނުކުރެވެއެވެ. އެހެންކަމުން ޔޮޓް ޓުއާރސް އާއި ވާހަކަ ދައްކައިގެން އެމީހުންގެ މަގްޞަދް ހާސިލް ނުވާނެ ކަމުގައި އެމީހުން ބުންޏެވެ. އަދި މީގެ އިތުރަށް މުޒާހަރާ ކުރުމާއި ގުޅިގެން ހެރެތެރެއިން ބުނަމުންދާ ވާހަކަތަކަކީ ދޮގުވާހަކަތަށްކަން އެމީހުން ވަނީ ސޯބެ އަށް ކިޔައިދީފައެވެ. އެގޮތުން ހެރެތެރޭގެ އޮކިއުޕެންސީ ދަށްވުމާއި ރިޒާރވޭޝަންތައް ކެންސަލް ވުމުގެ ވާހަކަ ހިމެނެއެވެ. އެމީހުން ބުނިގޮތުގައި އޮކިއުޕެންސީ ދަށްވެ ރިޒާވޭޝަންތަށް ކެންސަލް ވާން ޖެހުނީ އެރިސޯޓުގެ މުވައްޒަފުން މުސާރަ އާއި ބޯނަސް ނުލިބިގެން މަސައްކަތް ހުއްޓާލައި ކުރި މުޒާހަރާ އާއި ގުޅިގެން ނާއި ގެސްޓުންނަށް ދޭންޖެހޭ ހިދުމަށް ތަކުގެ ފެންވަރު ދަށްވެ، ކެއުމާއި އެހެން ކަންތައް ހެރެތެރެއިން ނުކޮށްދެވޭތީ ކަމަށެވެ. އެމީހުން ބުނިގޮތުގައި ހެރެތޭރޭގައި ގެސްޓުން އުޅޭ ސަރަހައްދަށް ވުރެން 3 ކިލޯމީޓަރު ދުރުގައި ، ހުޅުދޫގައި ކުރާ މުޒާހަރާ އަކުން ގެސްޓުންނަށް އަސަރެއް ނުފޯރާނެއެވެ.
ސޯބެގެ ވާހަކަތަކަށް ފަހު ހުކުރުދުވަހުގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާ ކުރިއަށް ދިޔަވަގުތު ސޯބެ ވެސް ވަނީ އެސަރަހައްދަށް ވަޑައިގެން ފައެވެ.
ހުކުރުދުވަހުގެ މުޒާހަރާ އަށް ފަހު ސޯބެގެ ވެސް އެހީއާއި އެކު ހޮނިހިރުދުވަހު ޓީމް ގެ ރައީސް އަހުމަދު އީސާ އާއި ހެރެތެރެ އިން ވަޒީފާއިން ވަކިކޮށްފައި ތިބި ހުޅުދޫ-މީދޫ މުވައްޒަފުންގެ ތެރެއިން ބަޔަކު ވަނީ މީޑިއާ އަށް މި ކަންތަށް ތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. އެގޮތުން އީސަގެ ވާހަކައިގައި މުވައްޒަފުން ވަޒީފާ އިން، ގާނޫނާއި ގަވާއިދާ ހިލާފަށް، ވަކި ކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުއްވެރި ކުރެއްވިއެވެ. އަދި ސަރުކާރުން ވެސް މިކަމުގައި ކަންތައް ކޮށްފައިވަނީ ވަރަށް ވެސް ޒިންމާދާރު ކަން ކުޑަ ކޮށް ކަމަށެވެ. ހެރެތެރެއިން ވަކި ކޮށްފައިވާ މުވަޒަފުންވެސް ވަނީ ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތަށް ނުރުހުން ފާޅު ކޮށްފައެވެ. އަދި ސަރުކާރުން މި ކަންތަކަށް ހައްލެއް ހޯދައި ދިނުމުގެ ބަދަލުގައި އެއްކޮޅަށް ބުރަވެ ވަކި މީހެއްގެ ފައިދާ އާއި މަސްލަހަތަށް ބަލައިގެން ކަންތައް ކުރަމުން ދާ ކަމަށް އެމީހުން ބުނެފައިވެއެވެ. އެގޮތުން ޔޮޓް ޓުވާރސް އަށް ހެރެތެރެ ރިސޯޓް ނުހިންގޭނެ ކަން މިހާރު ވެސް ސާފު ކޮށް އިގެން އޮތް އިރުގައި ވެސް ސަރުކާރުން އެމްޓީޑީސީ އާއި ޔޮޓް ޓުވާރސްގެ މައްސަލައިގެ ތެރެ އަށް ވަދެ، ސަރުކާރާއި އިއްތިހާދުވެފައިވާ ޖުމްހޫރީ ޕާޓީގެ ނައިބް ޒައީމް އަބްދުﷲ ޖާބިރުގެ މަސްލަހަތަށްޓަކައި، ރައްޔިތުންގެ ހައްޤު ތަކަށް ބެލުމެއް ނެތި ކަންތައް ކުރަމުން ގެންދާ ކަމުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ހެރެތެރެ އިން އަދި އެއްވެސް ކަހަލަ މައުލޫމާތެއް ހެރެތެރަ އޮބްޒާރވާ އަކަށް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
2 comments:
if maumoon had been in power our present president mr nasheed would have been on your side and raising your concerns and worries whenever and wherever possible.
yes ur right. now anni is in facour of bussiness man like jabir, anni dont want to even look at the face of comunity people.
Post a Comment