ހެރެތެރެގައި ހިންގާ ނާޗަރަންގީގެ އާ ސީރީސްއެއް ފެނިގެން ގޮސްފި
Tuesday, February 3, 2009
އާދީއްތަ ދުވަހު ހެރެތެރެ އަށް އައްޑު އަތޮޅުގެ ބައެއް ރަށް ތަކުން އަންހެން ކުދިން ކޮޅެއް ގެނެސްފިއެވެ.މި ކުދިން ގެނެސްފައި ވަނީ ނާޗަރަންގީ ކުޅެން ކަން ވަރަށް އިތުބާރު ހުރި ފަރާތަކުން ހެރެތެރެ އޮބްޒާވާ އަށް މައުލޫމާތު ދީފައިވެއެވެ. މިކުދިންގެ ތެރޭގައި ގިނައިން ތިބީ ސ.ފޭދޫ ކުދިން ކަން ވެސް ހެރެތެރެ އޮބްޒާވާ އަށް ކަށަވަރު ވެފައި ވެއެވެ.
އާދީއްތަ ދުވަހުގެ ރޭ ހެރެތެރޭގެ މީރާބާ އިން ފެށިގެން އެކޮޅަކަށް އެއްވެސް މުވައްޒަފަކަށް ދެވުނަނުދޭކަމަށް ވެސް ވެއެވެ. އެރޭ ބާ ގައި ވަރަށް ގަދައަށް ޑީޖޭ ވެސް ވަނީ ބާއްވާފައެވެ.
އާންމު ގޮތެއްގައި ރޭގަނޑު މިހެން ގެންނަ ގްރޫޕްތަށް ފަތިހު ލޯންޗުން ހެރެތެރެއިން ފޮނުވާލައެވެ. ނަމަވެސް އާދީއްތަ ދުވަހު ގެނައި ގްރުޕް ހޯމަދުވަހުގެ ފަތިހު ހެރަތެރެ އިން ގޮސްފައި ނުވާކަން ހެރެތެރެ އޮބްޒާވާ އަށް މައުލޫމާތު ލިބިގެން ކަންތައް ރަގަޅަށް އޮޅުން ފިލުވާލި އިރު އެކުދިން ވަނީ ކޮޓަރިން ބޭރަށް ނިކުން ނަންވެސް ވަނީ ދެކޮޅު ހަދާފައެވެ. ގިނަ ކުދިންނަށް ރަގަޅަށް ނުހިގޭ ކަން ވެސް ވަނީ އެގިފައެވެ. ހުރިހާ އެންމެންނަށްވެސް އެކި އެކި ވަރުގެ ޖިންސީ އަނިޔާ ވެފައިވާ ކަން ވެސް ވަނީ ހެރެތެރެ އޮބްޒާވާ އަށް ކަށަވަރުވެފައެވެ.
0 comments:
Post a Comment