ހަނދުފުށީގެ އެތެރެފުށް

Thursday, January 29, 2009

ިއަދު އައްޑުއަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު މުސީބާތަކީ ހެރަތެރޭގައި ހިންގަމުންއަންނަ ހަނދުފުށި ރިސޯޓް އެވެ. މިވާހަކަ ނުދައްކާ ކުޑަކުއްޖެއް ޒުވާނެއް އަދިމުސްކުޅިއެއްވެސް ނެތެވެ. ވާނީވެސް އެހެންތާއެވެ. މިރިސޯޓަކީ އައްޑުއަތޮޅުގެ ރައްޔިތުންނަށްހުރި ބޮޑުނުރައްކަލެއްގެ އިތުރުން މުޅިއައްޑުއަތޮޅުގެ ތަރައްގީއަށް ކުރިމަތިވި ބޮޑު އަނދިރިގަޑެއްކަމުގައި މިއަދު މިވަނީ ވެފައެވެ.
މިރިސޯޓުގެ އެންމެހިޓް ވާހަކައަކީ މެނޭޖްމަންޓުގެ ވާހަކައެވެ. އެންމެފުރަތަމަ ޖެނެރަލްމެނޭޖަރު މާލޭ ރޯނުކުޑޭގެ ރޯނުއިއްބެ އަކީއެބޭފުޅާގެ ފެންކަމުގައި ރާހިއްޕަވާ ބޭފުޅެކެވެ. ދެން ތިއްބަވާ ބޭފުޅުންނަކީވެސް ހަމަ އިއްބެގެ ފޮތުން އުގެނިގެންތިބި ޑައިރެކްޓަރުންނެވެ. މީގެތެރޭގައިތިބި އިސްބޭފުޅުންގެ ތެރޭގައި ފައިނެންސިއަލް ޑައިރެކްޓަރ އަޝްރަފާއި ރިޒަވޭޝަންސް ޑައިރެކްޓަރ ކައްބާބު ޒަރީރާއި އެޗްއާރު ޑައިރެކްޓަރ ނިހާދު ހިމެނެއެވެ. އިރުއަރަންދެން ރާބޮއެ ޕާޓީހަދަން އުޅެފއި މިޑައިރެކްޓަރުންގެ ބޯޑު ނިދަނީ އިރުއަރާފަހުންނެވެ. މިއީ އެއްރެޔަކު ދެރެޔަކު ހިނގާކަމެއްނޫނެވެ. މިއީ އަޅުގަނޑުމެންގެ ދިވެހި ވެއިޓަރުންގެ ކުރިމަތިން ކޮންމެރެޔަކު ތަކުރާރުވަމުންދާ މަންޒަރެވެ. މީހަކު ދައްކާ ފުލޯކުވާހަކައެއް ނޫނެވެ. މީގެއިތުރުން މިޑައިރެކްޓަރުން ތިއްބަވާ ރިސޯޓްގެ ގެސްޓްރޫމްތަކަށް ކޮންމެ ދުވަހަކު ބިޔަރާއި އެންމެ އަގުބޮޑު ވައްތަރުތަކުގެރާ ވައްދާކަމުގެ މައުލޫމާތު ވަނީލިބިފައެވެ. އެނގިފައިވާ ގޮތުގައި ކުރިޔާއި ހިލާފަށް ޑައިރެކްޓަރުންގެ ގުރޫޕް މިދުވަސްކޮޅު ގިނައިން ރަލުގެ ޕާޓީތައް ބާއްވަނީ ޖެނެރަލް މެނޭޖަރު ރޯނުއިއްބެގެ ކޮޓަރީގައެވެ.
އަންހެންކުދިންނާއި އެކުބަދުއަހުލާގީ އަމަލުހިންގާވާހަކައަކީ ޔޮޓްޓުއާސްގެ ޑައިރެކްޓަރުންގެ ނަމާއިއެކު އާންމުކޮށްދެކެވޭ ވާހަކައެކެވެ. އެންމެފުރަތަމަ ކުންފުނީގެ ޗެއަރމަން ލޮލީ ޖާބިރުއަކީ އަންހެންކުދިންނަށް ލާރިދީގެން ރެންޓުކުރައްވާ ބޭފުޅެކެވެ. މިގޮތުން ރިސޯޓްތަކަށް ވަޑައިގަންނަވާއިރު އަންހެންކުދިން ގެންންވާހަކަ އަކީ ހުދުޖާބިރުގެ އަންހެނުން ދިޔާނާވެސް މިއަދު ގަބޫލުކުރާ ހަގީގަތެކެވެ. މިގޮތުން ހެރަތެރައަށް ދިޔާނާއާއި ނުލާ ވަޑައިގެންފިނަމަ އަތޮޅުގެ ކޮންމެވެސް ރަށަކުން ވަރުހުރި އަންހެނަކު ގެނައުމަކީ މަޖުބޫރު ކަމެކެވެ. ވާހަކަތަށް ދެކެވޭގޮތުންނަމަ ދިޔާނާއާއި ސަވާދުގެ ގުޅުން މިހާބޮޑަށް ތަރަށްގީ ވެގެންދިޔައީވެސް މިސަބަބާއި ހެދިއެވެ. ސަވާދުއާއި ދިޔާނާ ލޯބީގެ ގުޅުމަކުން ގުޅިފައިވާކަން ދިޔާނާގެ ރައްޓެހިންގެ ފަރާރުން އެތަށްބަޔަކަށްވަނީ ކަށަވަރުވެފައެވެ. ޔޮޓްޓުއާސްގެ އަންހެނުންނާއިބެހޭ ދެވަނަވަޒީރަކީ ޖީއެމް ރޯނު އިއްބެއެވެ. ތިންފަހަރު ހައްޖުވެފައިވާ މި ރޯނުއިއްބެ ބުނާގޮތުން އޭނާ މިހާރު ކުރައްވާ ފާފަތަށް ހަތަރުވަނަފަހަރަކު ހައްޖަށް ވަޑައިގަތުމުން ކްލީންވާނެއެވެ. މިއީ ހަނދުފުށީގެ ޑައިރެކްޓަރުންގެ މެނޭޖަރުގެ ވިސްނުމުގެ ފެންވަރެވެ. ދެންއެހެން ބޭބޭފުޅުންގެ ހާލަތުހުންނާނެގޮތް ތިބޭފުޅުން ވިސްނާވަޑައިގަންނަވާށެވެ.ޔޮޓްޓުއާސްއަކީ ދިވެހިންގެ އިތުބާރު ގެއްލިފައިވާ ކުންފުންޏެކެވެ. ހެރަތެރައާއިހެދި މިކުންފުނީގެނަން ނުވެސްދަންނަ އެތަށް ބަޔަކަށް ޔޮޓްޓުއާސްގެ ނަން ދަސްވީވެސް މުވައްޒަފުންނަށް މުސާރަނުދޭ ބިކާރީ ކުންފުންޏެއްގެ ގޮތުގައެވެ. ޔޮޓްޓުއާސްއިން ހެރަތެރަ ހިންގަންފެށިފަހުން އައްޑުއަތޮޅުގެ ރައްޔިތުންވަނީ ނިކަމެތިވެފައެވެ. އެމީހުންގެ އަމިއްލަ އަތޮޅުގައި ހުޅުވިގެންއައި 600 އެނދުގެ ރިސޯޓަށް ތަރުކާރީއާއި މޭވާ ހޯދައިދިނުމަށް ދަނޑުވެރިކަން ކުރަންފެށި ދަނޑުވެރިންގެ އަތްވަނީ ހުސްވެފައެވެ. އަތޮޅުތެރޭގައި ކުރަމުންއައި ކުދި ވިޔަފާރިތަށްވަނީ ބަނގުރޫޓްވެފައެވެ. ޔޮޓްޓުއާސްގެ ދަރަނިއެއްނެތް ފިހާރައެއް މުޅިއިތޮޅުގައި ނެތޭދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މިހާރު އެންމެފޯރީއާއި އެކު ހެރަތެރޭގައި ހިނގާކަމަކީ ހުޅުދޫމީދޫ މީހުން ވަޒީފާއިން ވަކިކުރުމެވެ. އެއްވެސް ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ ހުޅުދޫމީދޫ މުވައްޒަފުންގެ އަދަދު ނިމިގެންދާކޮންމެ ދުވަހަކާއެކު ދަނީ އިތުރުވަމުންނެވެ. ވުމާއެކު އަޅުގަނޑު ދެކޭގޮތުގައި މިއީއަޅުގަނޑުމެން އެންމެން މިކަމާއި ދެކޮޅަށް ތެދުވަންވީ ވަގުތެވެ. އައްޑުއަތޮޅުގެ ކޮންމެ ރައްޔިތަކު ދެކެންވީ މިހަރުކަށި އަމަލުތަށް ހުއްޓުވުމުގައި ތިމާގެ ޒިންމާއެއްވެސް އެބައޮތްކަމެވެ. އަޅުގަނޑުމެންގެ ހައްގު ހޯދުމަށް އަޅުގަނޑުމެން ނުކުރާ މަސައްކަތެއް ދެންކުރާނީ ކޮންބައެއްތޯއެވެ ؟

2 comments:

Anonymous said...

continue the strike & resort must be taken by MTDC & to consider hand over to Universal, Champa or villa like compnaies reputed compnanies

Anonymous said...

jabir must leave handhufushi unconditionally as its a property of Maldivians. All Maldivians must think of this

މައްޗަށް ދާން