ފިޔެއިބޮލާ ރިޔާޒް ރާ ބޮލަކަށް
Thursday, January 29, 2009
ހެރެތެރެ ރިސޯޓްގެ އެފް އެންބީ މެނޭޖަރަކަށް އުޅޭ މަރަދޫ ރިޔާޒް (ފިޔެއި ބޮލާ) އޭނާ ރިސޯޓްގެ ބާރަށް ވަދެ 6 ފުޅި ވިސްކީ ވަގަށް ނަގައިގެން ވިއްކި ކަން ފަޅާ އަރާ އެވާހަކަ މީދޫ ލައިވް ނޫހުގައި ޖައިގެން އެވާހަކަ މީދޫ ލައިވް އިން ރިމޫވް ނުކުރެވިގެން އެބައުޅެއެވެ. އެވާހަކަ ޖެހި ދުވަހުން ފެށިގެން ރިޔާޒް މީދޫ ލައިވްގެ އެޑިޓަރަށް ވަނީ ރިމޫވް ކޮށްދިނުމަށް އެދި ވަރަށް އާދޭސްކޮށްފައެވެ. އޭރު ބުނަމުން ދިޔައީ އެވާހަކަ އަކީ ހަގީގަތާ މުޅިން ހިލާފް ދުގު ކަމަށެވެ. އެހެން ކަމުން ދޮގު ވާހަކަ އެއްވީމާ އެ ނަގާލުމަށެވެ. ނަމަވެސް ފަހުން މި ރިޔާޒް ވަނީ އެއީ ހިނގާފައިވާ ކަމެއް ކަމަށް އެއްބަސްވެފައެވެ. އެއްބަސްވެގެން ވެސް ބުނެފައި ވަނީ އެ ވާހަކަ މީދޫ ލައިވް އިން ނަގާ ދިނުމަށެވެ. އެއީ އޭގެ ސަބަބުން އޭނާގެ އަގު މުޅިން ވެޓިއްޖެކަމަށެވެ. އަދި ހެރެތެރެ އަށް އާދެވުނީތީ މިހާރު ދެރަވެސް ވާ ކަމަށެވެ. ނަމަވެސް މީނާ އެމްޓީޑީސީ ދުވަސްވަރު ވެސް ހެރެތެރެއިން ވަކި ކޮށްފައި ވަނީ ރަލުގެ މައްސަލާގައެވެ.
މީދޫ ލައިވް ގައި ބުނެފައިވާ ގޮތުން އެ 6 ފުޅި ވިސްކީ އައްވާ ފައިސާ ހެރެތެރޭގެ އެކައުންޓަށް ވަނީ ލިބިފައެވެ. ނަމަވެސް ހެރެތެރަ އޮބްޒާރވާރ އަށް ލިބިފައިވާ ސައްޙަ މައުލޫމާތުތަކުން އިގޭ ގޮތުން 6 ފުޅިއަށް ވަނީ ބިސްމަޅި ދުއްވާލާފައެވެ. އެއަށްވާ ފައިސާ ލިބުނުކަމަށް ހަދާފައި އައްޑޫ ހޯލްޑިންގެ ނަމުގައި ބިލެއްހަދާ ފައިސާ ލިބިފައިވާ ކަމަށް ސޮއިކުރީއެވެ. ނަމަވެސް މިފައިސާ ހެރެތެރެ އެކައުންޓަކަށް ވަދެފައެއްނުވެއެވެ. މިބިސްމަޅި ދުއްވުމުގައި ފިޔެއި ބޮލާ އާއި އެކީ ދެން ބައިވެރި ވެފައިވަނީ ޖެނެރަލް މެނޭޖަރ ރޯނު ޝައިތާނު (ރޯނު އިއްބެ) އާއި އައްޑޫ ހޯލްޑިންސްގެ މެނޭޖިން ޑިރެކްޓަރ (ޔޮޓް ޓުވާސްގެ ޑިރެކްޓަރ އަދި ހެރެތެރޭގެ ފައިނެންޝިއަލް ކޮންޓްރޯލަރ) ގެ މަގާމުގައި ހުރި ފޭދޫ އަޝްރަފް އެވެ.
0 comments:
Post a Comment