ޔޮޓް ޓުވާސްގެ މެނޭޖަރުން ލިބުނު ކާމިޔާބީ ފާހަގަކޮށް ރާ ޕާޓީ ބާއްވައިފި
Saturday, January 31, 2009
ހެރެތެރޭގެ މެނޭޖްމަންޓް (ޔޮޓް ޓުއާރސް) އާއި ދެކޮޅަށް ހުޅުދޫމީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ކުރަމުންގެންދާ ސިލްސިލާ މުޒާހަރާ ހުއްޓުވުމަށް ޔޮޓް ޓުއަރސް އިން ވަރަށް މަސައްކަތް ކުރަމުން އެބަ ދެއެވެ. އެ ގޮތުން ސަރުކާރު މެދުވެރި ކޮށްގެން ވަރަށް ގިނަ މަސައްކަތް ކޮށް މިއަދާ ހަމައަށް ވެސް ވަނީ ކާމިޔާބު ނުވެފައެވެ. އެގޮތުން ހުކުރުދުވަހުގެ ހަވީރު ހުޅުމީދޫ 300 އަށް ވުރެން ގިނަ ރައްޔިތުން ނިކުމެ ކުރި މުޒާހަރާ ހުއްޓުވުމަށް ވަނީ ހުޅުދޫގައި އުޅޭ ޕާރޓޭ ގްރޫޕެއްގެ ބަޔަކަށް ބަނގުރާ ދީގެން މުޒާހަރާގެ ބައިވެރިންނާއި ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން މުޒާހަރާ ފެށުމުގެ 1 ގަޑި ކުރިން އެމީހުން ޗާރޖް ކުރުމަށް ވަނީ ޕީސް ގަންނަން ލާރި އާއި ރާ ވެސް ދީފައެވެ. މިގްރޫޕްގެ މީހުން ވަނީ މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި ހަޑި ހުތުރު ބަހުރުވައިން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް އެއްޗެހި ގޮވައި ހަދާ، ބައެއްމީހުންގެ ގަޔަށް ބޮލާށްވެސް އަރާފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާ ނިންމުމަށް ހަމަޖެހިފައިވާ ގަޑި ޖެހެންދެން ސާބިތުކަމާއި އެކީ ހެރެތެރެ އާއި ހުޅުދޫ އާއި ދެމެދު ވާ ޗެނަލް ކައިރީގައި މަޑުކޮށްފައެވެ.
މުޒާހަރާނިމުނު ފަހުން ހެރެތެރެ އިން ވަނީ ޕާރޓޭ ގްރޫޕަށް އިތުރަށް ލާރި އާއި ރާ ފޯރު ކޮށްދީފައެވެ. މިކަން ކުރީ ސީދާ ހެރެތެރޭގެ ޖެނެރަލް މެނޭޖަރ ރޯނު ޝައިތާނުކަން ހެރެތެރެ އޮބްޒާވަރ އަށް ވަނީ ކަށަވަރު ވެފައެވެ. މި ޕާރޓޭ ގްރޫޕްގެ މީހުން ވެސް ވަނީ މިވާހަކަ ވަރަށް ތަފްސީލު ކޮށް ކިޔައިދީފައެވެ. އެމީހުން ބުނި ގޮތުގައި އެމީހުން މިކަން ހިންގީ ކޮންމެހެން މުޒާހަރާ ކުރިމީހުންނާއި ދެކޮޅު ހެދުމުގެ ގޮތުން ނޫން ކަމަށެވެ. އެކަން ކުރީ އެމީހުންނަށް ލިބޭ އެއްޗެހީގެ ސަބަބުން އެ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހެރެތެރޭގެ މެނޭޖްމަންޓްގެ މީހުން ވެސް ވަނީ އެކަމުގެ އުފަލުގައި މިރޭ ވަރަށް ވަރުގަދަ ރާ ޕާޓީ އެއްވެސް ބާއްވާފައެވެ. ތިމާމެންނަށް ވަރަށް ބޮޑު ކާމިޔާބީ އެއް ލިބުނީ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް މި ކުރެވުނީ މިއިން ޒަމާނެއްގައި ވެސް ބަޔަކު ނުކުރާފަދަ ފިނޑި ކަމެކެވެ. ދެން ލަލަލާ
1 comments:
މީދެން ބޮޑޮ މުސީބާތަށް ނުން މި ވެންނާއި ހެދި. މިވެރިން މިތަނުން ފަހައި ބާލާވެގެ ނުނ
Post a Comment