މެމޯ ބަހާ އައިއެފްސީ މިއަދު އެކައުންޓަށް ޚާއްސަ އެންގުމެއް ފޮނުވައިފި

Wednesday, February 4, 2009


ލިޔުނީ: ކަރުސަތޭ ޖޫނިއަރ
އަށާރައަހަރުން މައްޗަށް
މިއޮތީ މިއަދު އެކައުންޓް ސްޓާފުންނަށް މީޓިންއަކަށް ކިޔާފައި ފޮނުވި ލިޔުމެވެ. މިލިޔުމަށް ބަލާލުމުންވެސް މިގަމާރުގެ ތަންދޮރު ނުދަންނަ މިންވަރު ހާމަވެގެންދެއެވެ. މިޒަމާނުގެ ގްރޭޑް 1 ގައި ކިޔަވާ ކުއްޖާއަށްވެސް އިނގިރޭސިން ޕާޗެސިން ލިޔަން އެގޭނެއެވެ. އަދި އެއްމެ ހެއްވާކަމަކީ ތިމާ އަދާކުރާ ވަޒީފާގެ ނަންވެސް ރަނގަޅަށް ލިޔަން ނޭގޭކަމެވެ. ފައިނެންސިއަލް ކޮންޓްރޯލާ ލިޔަން ނޭގުނުއިރު މިމެމޯ ނިންމާލަމުން މޮޅުކޮށްލަންވެގެން ލިޔެފައޮތީ ކޮންމެވެސް ކިޑެއްގެ ވާހަކައެވެ. މެމޯ ބޮޑުކޮށް ބެއްލެވުމަށް

(
މައުޟޫއިން ބޭރުން) ޖާބީރޫ..... ކަލޭ ހެރެތެރެ އެކައުންޓްސް ރިފޯމްކުރަން ތިގެނައީ ވަރުގަދަ ޅައިއެކެވެ. ކަލެއާއި ފިރިހެންކުޅި ކުޅި ކުޅެގެން ތިމާގެ ވެގެން އުޅޭ ފާޑަށް އުޅޭ ގޮލައި މިއަދު މާވަރުގަދަ މެމޯއެއް އެކައުންޓަށް ފޮނުވިކަން އެނގޭހެއްޔެވެ؟ ކަލެއަށް އެމެމޯ ސީސީ ނުކުރީ ކަލޭ ރުޅިއައިސްގެން ޔޮޓް ޓުވާސްގެ އިމޭޖްތައް (ލޮލީ ޖާބިރު ޖެހުމަށްފަހު ގޫގުލް ކުރުމުން އަންނަ އިމޭޖްތައް) އިތުރުވެގެން ހިނގައިދާނެތީއެވެ. ޖާބިރޫ...އަނެއްކާ ރުޅިނައަންނަޗެވެ. އަނެއްކާވެސް މައުޟޫއިން ބެއްރުން އެއްޗެކޭ އަހާލާނަމެވެ. ކަލޭގެ އެޓޯނީގަނޑު ފެންނައިރަށް މަށަށްވެސް ހަމަހުރެވެނީކީ ނޫނެވެ. މަށަކީވެސް ވައިޓީއެމްގެ ޑިރެކްޓަރަކަށްވީމަ ހަމަ ކުންފުނީގެ އިމޭޖުގެ ތެރެއަށް އެޓޯނީގަނޑާއެކު ފޮޓޯއެއް ނަގާފަ އިތުރުކޮށްލާހިތްވަނީއެވެ.

ހެރެތެރެ އެކައުންޓްސް ރިފޯމްކުރަން މިދިޔަ ޑިސެމްބަރު މަހުތެރޭ ގެނައި ޖާބިރުގެ ތިމާގެ މިހެކޭ ކިޔައިގެން އުޅޭ ނަސީމް އެކައުންޓްސް ރިފޯމްކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ވަރަށް ޚާއްސަ މެމޯއެއް އެކައުންޓަށް ފޮނުވައިފިއެވެ. މިމެމޯއަށް ބަލާލުމުގެ ކުރިން މިދެންނެވި އައިއެފްސީގެ ވަނަވަރު ކޮންމެވެސްވަރަކަށް ގެނެސްދޭނަމެވެ. މިވަނަވަރުގައި ގެނެސްދޭނީ ހެރެތެރެއަށް މީނާގެ ވަނަވަރަށް އިތުރުވެފައިވާ ބައިތަކެވެ.

ޖާބިރުއަކީ ތިމަންނަގެ ކަޒިންއެކޭ ކިޔައިގެން ހެރެތެރެއަށް ވެއްޓުނު ނަސީމް ވަޒީފާއާއި ހަވާލުވުމަށްފަހު އެކައުންޓް ސްޓާފުންނާއި ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ އެކައުންޓަށް އެއްމެ ފުރަތަމަވެސް ބޭނުންވަނީ މެމޯ ބަހާ މީހެއްކަމަށެވެ. މިގޮލާގެ ހުރި ގަމާރުކަން ފެނިފައި އެދުވަހުން ފެށިގެން އެކައުންޓްގައި އުޅޭ ހުރިހާ ސްޓާފުންވެސް މިގޮލާގެ ނަން އެސިސްޓެންޓް ފައިނެންސިއަލް ކޮންޓްރޯލާ (އޭ.އެފް.ސީ) ގެ ނަމުން އިންޓަނޭޝަނަލް ފިނދި ކޮންޓްރޯލާ (އައި.އެފް.ސީ) ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މިނަމުން މީނާ މިހާރުވަނީ ރިސޯޓްގައި މަޝްހޫރުކަން ހޯދާފައެވެ. މީގެ އިތުރުން މިޅައި އެއްމެ މަޝްހޫރުވެގެންދިޔައީ ވަޒީފާއަށް ދިޔަތާ ހަފްތާއެއް ނުވަނީސް ރާބޮއެގެން ކަކުލުހުޅުން ވާގިދޫވެގެން ބާތެރެއަށް ވެއްޓުނު ހާދިސާއާއި ގުޅިގެންނެވެ.

ކޮންމެއަކަސް މިދެންނެވި އައިއެފްސީ އަކީ ގަމާރުކަމުންވެސް ހައްދުފަހަނަޅާ ހުރި މީހެކެވެ. އެކައުޓްގައި މަސައްކަތްކުރާ ސްޓާފުންނާއި މިގޮލާ ކުރާ ގަޅި ސުވާލުތަކުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތިބެނީ މިގޮލާ ފެނުނަސް ރަތައް އަރާފައެވެ. ވަޒީފާއާއި ހަވާލުވެ އެއްމެ ފުރަތަމަވެސް މިގޮލާ ކުރަން ބޭނުންވިކަމަކީ އެކައުންޓްގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންގެ ކޮންޕިއުޓަރ ސްކްރީން އޭނަގެ ކޮންޕިއުޓަރުން ބެލޭނެގޮތެއް ހޯދުމެވެ. މިކަންތައް ކުރުމަށްޓަކައި އައިޓީގައި މިވާހަކަ ބުނުމަށްފަހު އެއްދުވަހު އައިޓީއަށް ގޮސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ގާތުން މީނަބުނީ އަދިވެސް އެއްވެސް އެއްޗެއް ކޮންޕިއުޓަރުން ނުފެންނަކަމަށެވެ. އޭރު ރިސޯޓްގެ އެކައުންޓަސް ބަލަހައްޓަން ގެންގުޅޭ ޕްރޮގްރާމްތަކުގެ ތެރެއިން އޭނަގެ ކޮންޕިއުޓަރަށް އިންސްޓޯލްނުކޮށް ހުރީ މެޓީރިއަލް ކޮންޓްރޯލް (އެމް.ސީ) ކަމުން ނުފެންނަނީ އެމް.ސީ ހޭ އެހުމުން ބޯޖަހާލުމަށްފަހު މީނަ ބުނީ އެމް.ސީ ނުފެންނަ ކަމަށެވެ. ހަމަ އެދުވަހު މީނަގެ ކޮންޕަށް އެމް.ސީ އެޅުމަށްފަހު ޔޫޒާއެއް އައިޓީން މިގަމާރަށް ދިނެވެ. އެމް.ސީ ހުޅުވުމަށްފަހު ލޮގިން ކުރުމުން އެއްވެސް ކޮންޕެއްގެ ސްކްރީނެއް ނުފެނުނެވެ. ވަގުތުން އައިޓީއަށް ގުޅުމަށްފަހު މިއަކުން އެއްވެސް އެއްޗެއް ނުފެނެއޭ މީތި ރަނގަޅުކޮށްދޭށޭ ބުންޏެވެ. މިކަހަލަ ގަމާރަކަށް މީހަކު ބެވިޔަސް ނޭގޭނެއެވެ. އެހެންކަމުން އެދުވަހު ހަޔެއް ހަތެއްކަށް މިގަމާރަށް އައިޓީ ކުދިންވަނީ ބަވާލާފައެވެ.

(މައުޟޫލއިން ބޭރުން) ޖާބިރޫ...ކަލޭ މަށަށް އަންގާވެސް ނުލާ ހެރެތެރެއަށް ތިފޮނުވި ގަމާރު އައި.އެފް.ސީގެ ކަންތައްތައް މިހާރު އެދަނީ ހައްދުފަހަނަޅައެވެ. ވަޒީފާއަށް ފޮނުވީމަ މިޅައި ކުރާކަމަކީ އަތޮޅުތެރެއިން ފިރިހެންކުޅި ޒާތުގެ އަންހެންދުޅައި އާލާތުން ވަޒީފާއަށް ގެނެސް ގަދަޔަށް އެއާލާތުންނާ އެޅެނީއެވެ. ދެން ދުވަސްކޮޅަކުން މިޅައި ބުނާނީ އެއީވެސް ޖާބިރުއާއި ތިމާގެ އާލާތުންނެވެ. މިހެން ކަންތައްދަންޏާ މިރާއްޖޭގައި ތިބި ހުރިހާ ފިރިހެންކުޅި ޅައިންތަކުގެ ބައްޕަޔަކަށް ކަލޯވެދާނެއެވެ.ކަލެއާއި ފިރިހެންކުޅި ކުޅެގެން ތިމާގެވެގެން އުޅޭ ފާޑަށް އެއުޅޭ އައި.އެފް.ސީއަށް ސަލާމް. އެކައުންޓް ސްޓާފުންނަށް ފޮނުވި މެމޯއަށް ސަލާމް. އަދި އެޓޯނީމަންޖެގަނޑަށްވެސް ސަލާމް. ގޫގަލް ކުރުމުން އެފެންނަ ޔޮޓް ޓުވާސްގެ އިމޭޖްތަކަށްވެސް ސަލާމް.

0 comments:

މައްޗަށް ދާން