ރޯނު ޝައިތާނު ހިކިފަސްތާގައި ބަކަ ތަޅައިފި

Friday, February 27, 2009




18 ައަށާރައަހަރުންމައްޗަށް (ލިޔުނީ: އަލް ކަރުގޮހުރު ވަލް ކަރުސަތުނާމާ)
ވޭތު ވެދިޔަ ހަފްތާއެއްހާ ދުވަސް ވެގެން ދިޔައީ ރޯނު ޝައިތާނާ(ރޯނު އިއްބެ) އަށް ހެރެތެރޭގައި ވަރަށް އުނދަގޫ ދުވަސްތަކަކަށެވެ. ހެރެތެރޭގައި ގެސްޓުންނަށް ދޭނެ މަސްކޮޅެއްނެތިގެން ގަންނަން އުޅެ އުޅެ މި އަތޮޅުގެ އެއްވެސް ދޯންޏަކުން ވަނީ މަސް ނުލިބިފައެވެ، އެއްވެސް ބަޔަކު ދަރަންޏަށް މަސްދޭން އެއްބަހެއްނުވިއެވެ. ނަމަވެސް މަސް ގަންނާނެ ފައިސާ އެއް ލޮލީ އަތަކުނެތެވެ. ގެސްޓުން ކާން ނުލިބިގެން މެނޭޖްމަންޓުގެ މީހުން ބޮލަށް އަރަންވަނީ ފަށާފައެވެ. އެހެންކަމުން މެނޭޖަރުންނާއި އަދިވެސް އެމީހުންނާއި ގުޅޭ ބައެއް މުވައްޒަފުން މިދިޔަ ހަފްތާގެ ކޮންމެ ރެއަކުވެސް ވަނީ ހެރެތެރޭގެ އެންމެ ކޮޅު(ވިލިގިނލި އާއި ވީ ފަރާތު) މޫދުން މަސްހިފަން ދާ އަޅަން ގޮސްފައެވެ. އަނެއްދުވަހު ގެސްޓުންނަށް ސާރވް ކުރެވޭނެ މަސް ކޮޅެއް ހިފޭތޯއެވެ. ކޮންމެވެސް ވަރަކަށް މަސް ހިފުނު ކަމުގައި ވިޔަސް މާ އެދެވޭ ނަތީޖާ އެއް މިކަމުން ފެނިފައި ނުވެއެވެ. އޮބްޒާވާރ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މެނޭޖަރުންގެ ހުރިހާ މީހުން ވެސް ދަނީ ވަރަށް ގަދައަށް ރާ ބޮއިގެންނެވެ. އެހެން ކަމުން ގިނަފަހަރަށް ތިމާ އަށް މިހުރެވެނީ މޫދުގައި ކަމެއް ހިކިފަސްތާ ކަމެއް އޮޅުން ފިލާ ވަރެއް މިއިން މީހަކަށް ނުވެއެވެ. ބައެއްފަހަރު ގަހެއްގައި އަޅައިގެން ފައި ބިންމައްޗަށް އެބަ ވެއްޓެއެވެ.
މިހެން ކަންތައް ކުރަމުން އައިސް އިއްޔެ އާއި އޭގެ ކުރީ ދުވަހު ޓްރާންސްޕޯޓް މެނޭޖަރު ޖާދު ގެ ބެލުމުގެ ދަށުން މެއިންޓަނަންސްގައި އުޅޭ ބައެއް ސްޓާފުން ލައްވާ ހެރެތެރެ އާއި ހުޅުދޫ އާއިވީފަރާތު ކޯރުގެ ކައިރީގައި ވަނީ ދާއަޅާފައެވެ. ނަމަވެސް އެ ދެދުވަހު ވެސް ދާ އަޅައިގެން ތިބީ ގޮނޑު ދޮށުގައި ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން އޮބްޒާވާރ އަށް މައުލޫމާތު ލިބުނު ގޮތުގައި ކޯރު ކައިރީގައި ދާ އެޅީ އެތަން އޮބްޒާވް ކުރަން މަދަނީ ކޯޓުން ޓީމެއް އަންނާތީއެވެ. އަދި އެމަންޒަރު ދައްކާފައި ރޯނު ޝައިތާނު ވަނީ ކޯޓުން އައި ޓީމް ކައިރީ އެއީ ހުޅުދޫ ބަޔަކު މަސް ހިފަން ވެގެން އައިސް ހެރެތެރޭގެ ސަރަހައްދުގައި އުޅެނީ ކަމަށް ބުނެފައެވެ. އޭގެ ސަބަބުން ގެސްޓުންނަށް ވެސް ވަރަށް ޝަކުވާކުރަމުން ދާ ކަމަށެވެ. އަދި ޔޮޓް ޓުވާރސް އަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުން ތަކެއްވަމުން ދާ ކަމަށާއި ، އެހެން ކަންތައް ވާން ޖެހެނީ އެމްޓީޑީސީ މީހުން ކޯރު ނިންމާފައި ނުވުމުގެ ސަބަބުން ކަމަށެވެ.
ކޯޓުން ޓީމެއް ކޯރު ސާރވޭ ކުރުމަށް އަންނަކަން އެގިގެން ރޯނުބެ ވަނީ އަދިވެސް ވަރަށް ގިނަކަންތައްތަކެއް ކޮށްފައެވެ. އެގޮތުން އަލަށް އެރަށަށް އަންން ގެސްޓުން ކުރިން އަޅަމުން އައި ރޫމްތައް ދޫ ކޮށް ހެރެތެރޭގެ އެންމެ ހުޅުދޫ އާއި ކައިރި ކޮށް ހުރި ރޫމްތަކަށް އަޅަން ވަނީ ފަށާފައެވެ. އަދި ކޯޓުން އައި ޓީމް މީހުންނަށް ރޯނުއިބްލީސް ކިޔައިދިން ގޮތުން ކޯރުގެ މަސައްކަތް ކުރިއަށް ދާ ވަގުތު އެ ރޫމް ތަކުގައި ތިބޭ ގެސްޓުންނަށް ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށެވެ. އެތާންގައި މަސައްކަތް ކުރަން ގެންގުޅޭ ހެމަރ ޖެއްސުމުން ރޫމްތައް އެއް ކޮށް ވައިބްރޭޓް ވާ ކަމަށާއި މިހެން ވުމުން ގެސްޓުން ބިންހެލުން އަންނަނީ ކަމުގެ ޝަކުވާވެސް ކުރާ ކަމުގައި ރޯނު އިއްބެ ވަނީ ބުނެފައެވެ. ކޯޓުން އައި ޓީމުން ވަނީ ކޯރުގެ މަސައްކަތުގައި ބޭނުން ކުރާ ހުރިހާ އެއްޗެއް އެއްފަހަރާ އޮޕަރޭޓް ކުރުވައިގެން އެކަމުން ގެސްޓުން އުޅޭ ހިސާބަށް އުދަގޫ ވޭތޯ ބަލާފައެވެ. އެހާވަރުން ވެސް ސްޓާފުން އުޅޭ ހިސާބަށްވެސް އޭގެ އަޑެއް އުދަގުލެއްވެސް ނުކުރާ ކަމަށް ހެރެތެރޭގައި މަސައްކަތް ކުރާ ސްޓާފުން ވެސް ވަނީ އޮބްޒާވާރ އަށް ކިޔައިދީފައެވެ. އޮބްޒާވާރ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި 270 (ސްޓާފް ސަރައްދާއި އެންމެކާރި ރޫމް) ހިސާބުގެ ރޫމްތަކަށް ގެސްޓުން އަޅާފައެއްނުވެއެވެ. މިރޫމް ތަކުގައި އުޅެފައިވަނީ މެނޭޖަރުންނެވެ. ގެސްޓުން އުޅެފައި ވަނީ 317 ވަނަ ރޫމް އިން ގޮސް 410 ނަމްބަރު ރޫމްތަކުގައެވެ. އެއީ ހުޅުދުއިން ފެށިގެން ގޮސް 4.5 ކިލޯމީޓަރު ދުރުގައި ހުރި ރޫމް ތަކެވެ. ކޯޓުން ޓީމެއް އަންނަކަން އެގިގެން ރޯނު ޝައިތާނު ވަނީ އެދުވަހުން ފެށިގެން ހުރިހާ ގެސްޓުންވެސް 270 ހިސާބުގެ ރޫމްތަކަށް ބަދަލު ކޮށްފައެވެ.
ލޮލީ ޖާބިރު އަކީ ގަމާރެއްހެއްޔެވެ؟ނޫނީ އަބަދުވެސް ރާ ބޮއިފަ އިންނަނީ ބާވައެވެ؟ ލޮލީ މެނޭޖަރުންނަށް ލައިގެން މިއުޅޭ ގަމާރު މީހުންނާއި ހެދި ލޮލީ ވިރިގެން ފައިބައި ހުސްވަނީއެވެ. ކަލެއާ ފިރިހެންކުޅި ކުޅެގެން ތިމާގެ ވެގެން ކަލޭ ވަޒީފާ ދީގެން އުޅޭމީހުންގެ ކަމަކީ ހަމަ ކަލޭވެސް އުޅޭހެން ބޮއި ގެން ނާޗަރަންގީ ކުޅުމެވެ. ކަލޭމެންނަށް ހިންގޭނީ ރިސޯޓެއް ނޫނެވެ. ފިރިހެން ކުޅި ކުޅޭ ތަނެއް ހަދަން އުޅޭށެވެ. އޭރުން ކަލެއަށް ވެސް ތަންކޮޅެއް ފަސޭހައިން ލޮލީ ބޮއި އެހެން މީހުންނަށް ލޮލީ ބޯންދެވިދާނެ އެވެ. ކަލެއަށް މާ ބޮޑަށް ވަފާތެރިވެގެން އުޅޭ އިބްރާހިމް ރަޝީދު (ރޯނު އިއްބެ) އާއި ފޭދޫ މަންނާގެ އައްލާގެ ބޮޑު ވަގު( އަޝްރަފް) ކަހަލަމީހުންނަކީ އިންސާނަކު ދިރި ހުއްޓާ ގޮހޮރުވެސް ވަގަށް ނަގާފާނެ މީހުންނެވެ. މިހާރުވެސް މި އާލާތުން ހޭ ވައްޓާލާފަ ކުރާކަމަކީ ހެރެތެރެއިން ވައްކަން ކުރުމެވެ. ކަލެއަށް އަދި ތަންކޮޅެއް ފަހުން މިކަންތަށް އިގޭނެއެވެ. ކަލޭ ހެރެތެރެ އަށް ގެންނަ ރާފުޅިތަށް ވިއްކާލައިގެން އެއަށް ހޭޝް އޮއިލް ގަންނެގެން ރޯނުބެގެ ގްރޫޕް މީހުން ތިބެނީ ކަކުލު ހުޅުން ވާގި ދޫވެފައެވެ. ލޮލީ އެވެ. ކަލޭގެ ނިމުން ގެންނަން އުޅެނީ ކަލޭގެ ކިހިލި ފަތް ދަށު ކަލޭލައިގެން އުޅޭމިހުންނެވެ. ކަލޭ ކިހިލިފަތް ދަށުން ދުވާ ކުނި ވަހުން ކަމަށް ވެސް ވެދާނެއެވެ.

0 comments:

މައްޗަށް ދާން