ހެރެތެރޭގައި ހަޝިޝް އޮއިލް
Thursday, February 12, 2009
ހެރެތެރޭގައި ގިނަ އަދަދަކަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލް ހުރިކަމަށް ހެރެތެރެ އޮބްޒާވާރ އަށް ވަރަށް އިތުބާރު ހުރި މައުލޫމާތު ލިބިފައިވެއެވެ. މި ޝިޕް މަންޓް ހެރެތެރެ އަށް ގެނެސްފައި ވަނީ 24 ޖަނަވަރީ 2009 ވީ ހޮނިހިރުދުވަހު މާލެއިން ހެރެތެރެ އަށް އައި ޔޮޓް ޓުވާރސް ގެ ޗެއަރމަން އަބްދުﷲ ޖާބިރު (ލޮލީ) ގެ ކޮއްކޮ ޝިޔާމް އެވެ. އެދުވަހު ހެރެތެރެ އަށް ޝިޔާމް އާއި އެކީ އިތުރު ފަސް މީހަކުވެސް އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހަމައެދުވަހު ގަމުގައި ތިބި ފުލުހުން ވެސް ވަނީ މިމީހުންނަށް ޝައްކު ކުރެވިގެން އޭގެ ތެރެއިން ހަތަރު މީހަކު ހިފަހައްޓާ ޗެކް ވެސް ކޮށްފައެވެ. ނަމަވެސް އަނެއްދެމީހުން ޗެކް ނުކުރާތީ އެއްވެސް އެއްޗެއް ފެނިފައެއްނުވެއެވެ.އެދުވަހުގެ ފަހުން ނައިސް ވެގެން ވާނުވާ ނޭގި ތިބެ މޭނޭޖަރުން ވަނީ ތަޅާފޮޅުމެއްވެސް ހިންގާފައެވެ. މިކަމުގައި އެންމެ އިސްކޮށް ހުރީ ރޯނު ޝައިތާނު (ރޯނު އިއްބެ) އެވެ. އަދި ކޮންމެ އިރަކު ފެނުނަސް ޝައިތާނާ ހުންނަނީ ކަކުލު ހުޅުން ވާގި ދޫވެފައެވެ. އަދި ރާ ބުއިމަށް ބާތެރޭގައި ހޭދަކުރާވަގުތު ވެސް ވަނީ މަދު ވެފައެވެ. މިހާރު ޝައިތާނާ ވަނީ ކުރިން އުޅެމުން އައި 268 ރޫމް ދޫކޮށް ރަށުގެ ކަޅިބިއްފަރާތު މީހުން ހިނގާބިގާވެ ނޫޅޭ ހިސާބު ރޫމަކަށް ބަދަލުވެސްވެފައެވެ. އަދި އެހިސާބުގައި ސެކިއުރެޓީ އަކުވެސް ވަނީ ބަހައްޓާފައެވެ. ކޮންމެ ރެއަކުވެސް ހުރިހާ މެނޭޖަރުން އެރޫމަށް ދާކަން ވެސް ހެރެތެރެ އޮބްޒާވާރ އަށް ވަރަށް މުއުތަބަރު ފަރާތަކުން ވަނީ ލިބިފައެވެ.

0 comments:
Post a Comment