މާމޮޅު ފައިނެންސިއަލް ކޮންޓްރޯލަރަކު އައިފަހުން ސްޓާފުންންނަށް ވަޒީފާއަދާ ކުރަންދަތިވެފައި

Friday, February 6, 2009

ލިޔުނީ: ކަކުލުހުޅު
ހަނދުފުށި އައިލެންޑް ރިސޯޓުގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ މިހާރު ގެނެސްގެން އުޅޭ ފައިނެންސިއަލް ކޮންޓްރޯލަރ މަރަދޫފޭދޫ މުހައްމަދު ނަސީމުގެ ވާހަކައެވެ. މީނައަކީ ލޮލީ ޖާބިރުއާއި ކޮންމެވެސް ވަރަކަށް ތިމާގެ މީހެއް ކަމަށް އެނގިފައިވެއެވެ. ރަށުގައި ކަޑާގަޑެއް ހުޅުވައިގެން އުޅުމަށްފަހު އެކަންވެސް ނުވެގެން އުޅެނިކޮށް ޖާބިރަށް ގުޅާފައި ވަޒީފާއަކަށް އެދުމުން ޖެހިގެންއައިދުވަހު އޭނަހުރީ ހަނދުފުށީގެ ފައިނެންސިއަލް ކޮންޓްރޯލަރގެ މަގާމުގައެވެ. މިބަދަލަކީ މިމަގާމުގައި ކުރިންހުރި ފޭދޫ މަންނާގެ އައްލާގެ އަޝްރަފް ހިތްހަމަޖެހޭ ބަދަލަކަށް ނުވިޔަސް އަޝްރަފުއަށް ޖެހުނީ މިބަދަލު ހަޖަމްކޮށްގެން ހުންނާށެވެ. ހަބަރުލިބޭގޮތުން ރިސޯޓުގެ ގިނަ މުވައްޒަފުން މީނައަށް ކިޔަނީ އެފް.ސީ ގެ ބަދަލުގައި އައި.އެފް.ސީ އެވެ. އެއީ އިންޓަނޭޝަނަލް ފައިނެންސިއަލް ކޮންޓްރޯލާގެ ނަމުންނެވެ.
ނަސީމުގެ ސިޔާސީފެންޑާ ފެށިގެން އައީ ހަނދުފުށްޓަށް އައިދުވަހުއެވެ. އެދުވަހު އެންމެން ސިއްސުވާލީ އޭނާ ހުށަހެޅި މސްކުޅި އައިޑިއާ ތަކަކުންނެވެ. އެންމެ ފުރަތަމަ އެކައުންޓިން އޮފީހަށް މެމޯބަހާބެ މީހަކު ބޭނުންވާ ކަމަށް ނަސީމު ރޯނު އިއްބެ އަށް ހުށަހެޅިއެވެ. އަދި ބިލިންގް ކުލާކުން ބޭނުންވާ ކަމަށާއި ސްޓާފުން ކުރާމަސައްކަތް ބަލަން ރިސޯޓްވަށާ ދުއްވާނެ މީހަކު ބޭނުންކަމަށް އެދުނެވެ. މިހުރިހާ ހިޔާލަކަށް ރޯނުއިއްބެ އަށްވެސް ޖެހުނީ އާބަސް ބުނާށެވެ. ނަސީމު އަކީ ލޮލީ ނަސްލުގެ ބޭފުޅަކަށްވީމައެވެ. ދެންއޮފީހަށް ވަނުމާއެކު ނަސީމަށް ހީވީ އޭނަޔަށް ވައިޓްހައުސް އަށްވަދެވުނު ހެންނެވެ. އޭނާގެ ހިޔާލީ ދުރުމީ ދަތުރުކުރިވަރަށް ވުރެވެސް އެއޮފީހުގެ ކަންތައްތައް ރޭވިގެން ކުރިޔަށްދިޔަގޮތުން އޭނާހުރީ ހައިރާން ވެފެއެވެ. މިހިސާބުންވެސް ނަސީމަކަށް އޭނައަކީ މެނޭޖަރުކަން ނުކުރެވޭނެ މީހެއްކަން ގަބޫލެއް ނުކުރިއެވެ. ހިސާބަށްވުރެ ބޮޑާވެ މާ މެނޭޖަރު ވެގަތީއެވެ.
ޕާޗޭސިން އާއި ސްޓޯރަކީ ވެސް އެކައުންޓިންގެ ދަށުންހިނގާ ތަންތަނެވެ. ނަމަވެސް މިއިން ކޮންމެ އޮފީހެއްވެސް ހުންނަނީ ވަކި އިމާރާތެއް ގައެވެ. ނަސީމަށްވާ ވަރަކީ ކޮންމެ ދުވަހަކު ސިގިރޭޓް ބޮމުން މިހުރިހާ ތަންތަނަށް ހިނގުމެވެ. ކަންކަން ނޭނގޭމީހުން ތިމާއަށް ނޭނގޭ ކަންތަކާއި ނުބެހި އުޅެއެވެ. އެކަމަކުވެސް މިރޯނު އެދުރު ނުބެހޭކަށް ކަމެއްނޯވެއެވެ. ޕާޗޭސިން ޑިޕާޓްމަންޓަށް ވަދެ މިއީ ކީއްކުރާ ތަނެއްހޭ އެހުމުން އެތާތިބޭ ކުދިން މިހާރު ހައިރާނެއް ނުވެއެވެ. އެއީކީއްކުރާ ތަނެއްކަން އެނގޭނީ އެންމެފުރަތަމަ ޕާޗޭސިންގެ މާނަ އެނގިގެންތާ އެވެ. މިހިރީ އަހަރެމެން ފަހުރުވެރިވާ އައްޑުއަތޮޅުގެ ހެރަތެރަ ރިސޯޓުގައި ތިބި ވެރިންގެ ހާލަތެވެ. މި މިސްޓަރބިން ނަސީމުގެ މިފަދަ ވާހަކަތައް ވަރަށް ގިނައެވެ. އެއްދުވަހު ސްޓޯރަށްގޮސް ރިސޯޓަށް ލިބޭތަކެތި ސްޓޯރުން ރިސީވް ކުރާތީވެ އެކަމުގެ ޝަކުވާ ކުރިއެވެ. ނަސީމު ގަބޫލުކުރާ ގޮތުން ރިސީވްވާ ތަކެއްޗާއި ސްޓޯރުން ހަވާލުވީމަ ސްޓޯރުގަތިބޭ ކުދިން މަކަރު ހަދާނެއެވެ. އެއީވެސް ދޮގެއް ނޫނެވެ. ވަގުންނަށް ހީވާނީ ދެންތިބޭނީ ވެސް ވަގުންހެންނެވެ.
ހުރިހާ ކަމެއްގައިވެސް ނަސީމުގެ ޝަކުވާ ވަރަށް ބޮޑެވެ. ނަސީމު ގަބޫލުކުރާގޮތުން މަގާމެއް ދީފައި މަސްއޫލިއްޔަތެއް މީހަކާ ހަވާލުކުރުމަކީ ބޭކާރު ކަމެކެވެ. އެންމެންވެސް ތިބެންޖެހޭނީ ޓާސްކް ފޯސް ސްޓާފުންގެ ގޮތުގައެވެ. ކޮންމެ މީހަކުވެސް ކުރާނީ އެދުވަހަކު ނަސީމު ހަވާލުކުރި ކަމެކެވެ. މިފަދަ ސުމެއްގެ މެނޭޖަރުންގެ ދަށުގައި މަސައްކަތްކުރާ ޒުވާން ކުދިން ދެން މޮޔަ ނުވާނެތޯއެވެ. މިފަދަ ޒަމާނެއްގައި ޒަމާނީ ޓެކްނޮލޮޖީ ނެޓްވޯކެއް ގާއިމުކުރެވިފައިވާ ރިސޯޓެއްގެ މެނޭޖަރަކު މެމޯބަހާ ވާހަކަ ބައެއް މީހުންނަށް ގަބޫލުވެސް ނުކުރެވޭނެ އެވެ. އިގިރޭސި ބަހުން ދެބަސް އެއްކޮށް ލިޔާކަށް ކިޔާކަށް ނޭގުނަސް ކަށި އިގިރޭސިން ނަސީމު ލިޔެފަ އޮތް މެމޯގެ ކޮޕީއެއް މިސައިޓުން ތިޔަބޭފުޅުން ވާނީ ކިޔުއްވާފަ އެވެ. އެވަރުން ނުވެގެން ނަސީމު އެދުވަހު ބޭއްވި މެމޯ މީޓިންގައި އިގިރޭސި ބަހުން ވާހަކަ ދައްކަން އުޅުމުންވެސް ވީ ނުފޯރާ ފޮތިން ފޫގެޅި ކައްދައަށް ވީވަރެވެ. ނަސީމުގެ ހަގީގީ ޑިގްރީ ނޭނގޭ އެތައް ބަޔަކަށް އޭނަގެ ސެޓްފިކެޓް ފެނިގެން ދިޔައެވެ. ބަލަ އަދިވެސް ފައިނަލް ކޮންޓްރޯލަރކަން ނުކޮށް ކިޑް ކޯޕަރޭޝަނަކަށް ގޮސް އެއްޗެއް ދަސްކުރެވޭތޯ ބަލާށެވެ !

0 comments:

މައްޗަށް ދާން