ރާ ނުލިބިގެން ބާމަން ގައި ޖަހައިގެން ސަސްޕެންޑް
Wednesday, February 4, 2009
ހެރެތެރެ އަކީ ތިމަންނަގެ ޖާބިރު ބޭބެ ތަނެކޭ ކިޔައިގެން ފުއްޕާފައި އުޅޭ ވަކުލާ އިއްޔެގެ ވަގުތެއްގައި ދޯރާބާ ގެ ކައުންޓަރު ތެރެއަށް ވަދެ ރާ ނަގަން އުޅެފިއެވެ. ނަމަވެސް ބާމަން ވަނީ ވަކުލާ އަށް ރާ ނެގުނަ ނުދީ ހިފަހައްޓާފައެވެ. ވަކުލާ ވަނީ މިކަމާ ރުޅިއައިސްގެން ބާތެރޭގައި ވަރަށް ވައްތަރު ޖައްސާ ހަޑި ހުތުރު އެއްޗެހި ކިޔައި ބާމަންގެ ގައިގައި ޖަހާ ފައެވެ. އެވަގުތު ބާގައި ގެސްޓުން ވެސް އުޅުނެވެ.
މި ވަކުލާ އަކީ ހެރެތެރޭގެ މެނޭޖްމަންޓް އިން ރާ ދީގެން އޮޅު ކޮށްގެން އުޅޭ ބުޅަލެއް ފަދަ މީހެކެވެ. ޔޮޓް ޓުވާރސް އާއި ދެކޮޅަށް ހުޅުދު-މީދޫ މީހުން މިދިޔަ ހުކުރު ދުވަހު ކުރި މުޒާހަރާ ރޫޅާ ލުމަށް ވެސް ޔޮޓް ޓުވާރސް އިން ވަނީ ވަކުލާ އާއި އޭނާ އަށް ތަބާވާ ގުރޫޕެއް ފޮނުވާ ފައެވެ. މި ގުރޫޕުގެ އިސް ކޮމާންޑަރަކަށް ހުރީ ވެސް ވަކުލާ އެވެ. މި ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެނޭޖްމަންޓުން ވަނީ ވަކުލާ އަށާއި ވަކުލާއާއި އެކީ އައި ގުރޫޕަށް ހަދިޔާ އަކަށް ރާ ފުޅި ތަކެއްވެސް ދީފައެވެ. އެދުވަހުގެ ފަހުން ވަކުލާ ހުންނަނީ ހިތުން އެގްޒެކެޓިވް ސްޓަފެއް ކަމުގައި ވަގެންނެވެ. އުގޮތުން ނިދަން އޮންނަނީ ވެސް ޔޮޓް ޓުވާރސްގެ ޑިރެކްޓަރެއް ކަމަށްވާ ޒާހިދު އާއި އެކީ ގެސްޓް ރޫމެއްގައެވެ. މި ރޫމް ގައި މިނީ ބާ ބޭނުން ވަރަކަށް ލިބެން ހުރެއެވެ.
ނަމަވެސް ވަކުލާ އަށް މިވަރުން ނުފުދިގެން އަމިއްލަ އަށް ގޮސް ދޯރާބާ އަށް ވަދެ ބާމަން އަށް ހަމަލާ ދިނުމުގެ ސަބަބުން އެވަގުތު އެތާގައި ތިބިގެސްޓުން ކޮމްޕްލެއިން ކުރުމުން މެނޭޖްމަންޓުން ވަނީ ވަކުލާ ސަސްޕެންޑް ކޮށްފައެވެ.
0 comments:
Post a Comment