ހެރެތެރެ އިން ލޮލީ ފައިބާ
Monday, January 26, 2009
ހެރެތެރެ އަކީ އެންމެންނަށް ވެސް އިގޭނެ ފަދައިން ރާއްޖޭގައި މިވަގުތު ތިބި ނާޗަރަންގީ ގެ އެންމެ އިސް މުއްލާ އިން ހިންގުމާ ހަވާލުގެން އުޅޭ ތަނެކެވެ. ރިސޯޓެއް ހިންގުން އެއީ މިމީހުންނަށް ވާނެ ކަމެއް ނޫން ކަން މުޅި ދުނިޔެ ވެސް ދަންނާނެއެވެ. ހެރެތެރެ އާ ހަވާލުވެގެން އުޅޭ ލޮލީ ޖާބިރު އަކީ ހުރިހާ ދިވެހިން ވެސް ދަންނަ މީހެކެވެ. ވިޔަފާރި ފެށުނީ މާލޭ މަގުމަތީގައި ލޮލީ ވިއްކަން އުޅެނިކޮށް ކޮންމެ ވެސް ހޮޔޮއެދޭ މީހަކު މަގުފަހި ކޮށްދީގެންނެވެ. އެންމެ ފުރަތަމަ ޔޮޓެއް ގެނެސްގެން އުޅެފައި ރިސޯޓެއް ހިންގިދާނެ ހެން ހީވެގެން ކުޑަކުޑަ ރިސޯޓެއް ހިންގަން ފަށާ، ދުވަސްކޮޅަކުން ބަގުރޫޓް ވަނީހެން ހިވުމުން އެތަން އެހެން ބަޔަކަށް ވިކާލައިގެން އުޅެފައި، މިހާރު މި އޮތީ މިލޮލީގެ އައިސްކަން ކެޑިފައެވެ. ވިރިގެން ފެނަށް ވެގެން އޮހެރެން ފަށާފައެވެ. މިލޮލީގެ ނިމުން އައިސް ޖެހިފައެވެ.
މިހެން ދިމާވާން ދިމާވީ އެމްޓީޑީސީ އިން އައްޑު އަތޮޅުގައި ތަރައްގީ ކުރި 4.5 ކިލޯ މީޓަރުގެ ހެރެތެރެ ރިސޯޓް ހިންގިދާނެ ކަމަށް ހީކޮށް އެތަނަށް ބޯގެޅުމުން ނެވެ. ހެރެތެރޭގެ ބިޑް ކާމިޔާބު ކޮށް އެފައިސާ އެމްޓީޑީސީ އަށް ދެކުނީ އޭރުގެ ރައީސް އަކަށް ހުރި މައުމޫންގެ ކޮއްކޮއެއް ކަމަށްވާ ޔާމީން ގެ އެހީގައެވެ. ނަމަވެސް އިންތިހާބާ ކައިރިވެން އައި އިރު މައުމޫން ވެއްޓިގެން ހިގައިދާނޭހެން ހީވުމުން ރާއްޖޭގައި ހުރި އެންމެ މުއްސަދި މީހާ ކަމުގައި ގިނަބަޔަކު ދެކޭ ބުރުމާގާސިމް އާއި ގުޅުނެވެ. އެގޮތުން ރިސޯޓް ހިންގުމަށް މާލީ ގޮތުން ހުރިހާ އެހީ އެއްވެދިނީ ބުރުމާ ގާސިމެވެ. ނަމަވެސް އިންތިހާބު ނިމުނު އިރު ބުރުމާ އަތުން ވެސް ބައިވަރު ލާރި ތަކެއް ހަރަދުވެ، ހެރެތެރެ ހިންގުމަށް ލޮލީ އަށް ބޭނުން ވި ތެލާއި އެހެނިހެން ތަކެއްޗަށް ލޮލީ ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާ އެއް ލޮލީ ނުދެއްކުމުގެ ސަބަބުން ބުރުމާ އިތުރު އެއްވެސް އެހީ އެއްނުވިއެވެ. އެހެން ކަމުން ރިސޯޓް ހިންގާނެ ލާރި ލޮލީ އަތުގައި ނެތުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވި، ރިސޯޓުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައް ނުކުރެވޭ ހިސާބަށް މިހާރުވަނީ ގޮސްފައެވެ. ރިސޯޓަކީ ކުޔަށް ހިފާފައިވާ ތަނެއް ކަމުން އެފަރާތަށް ދައްކަން ޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ރިސޯޓުން ފޭބުމަށް އެފަރާތުން ވަނީ އަންގާފައެވެ. ނަމަވެސް ލޮލީ ވަނީ އެރަށުން ފޭބުމަށް ދެކޮޅު ހަދާފައެވެ. ރިސޯޓް ހިންގިދާނޭހެން ހީވާތީ އެވެ. ހިތާމައާއި އެކީ ފާހަގަ ކޮށްލަން މިޖެހެނީ މިޖެހިފައިވާ ލޮލީގެ ވަބާ އާއި ހެދި މުޅި މިރާއްޖޭގެ ފަތުރުވެރިކަން، ހާއްސަކޮށް ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ އަތޮޅުގެ ފަތުރުވެރިކަން، މިދަނީ ހަލާކު ވެގެންނެވެ. ފަތުރުވެރިންނަށް ދޭންޖެހޭ އެކިއެކި ހިދުމަތްތައް ނުދެވޭތީ އެވެ. ފަތުރުވެރިންގެ ކެއުމާއި ބުއިމުގެ ކަންތައް ފުރިހަމަ ކޮށް ނުދެވޭތީ އެވެ. ރިސޯޓް ހިންގުމަށް ގާބިލް މުވައްޒަފުންނެތީމައެވެ. ރިސޯޓުގައި ވަޒީފާއަދާ ކުރަމުންދާ މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މުވައްޒަފުން މުޒާހަރާ ކޮށްގެން ފައިސާ ހޯދަންޖެހުމުން މިކަމުންވެސް ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. މިހުރިހާ ކަމެއް ދިމާވާންޖެހެނީ ލޮލީ ފައިސާ ނެތި ރިސޯޓް ހިންގަން އުޅުމުގެ ސަބަބުންނެވެ. އަތުގައި ލާރި ނެތީސް ތަންތަނަށް ބޯ ގެޅުމުގެ ސަބަބުންނެވެ.
އައްޑޫ އަތޮޅަކީ ވަސީލަތްތައް މަދު އަތޮޅެއް ކަމުން މިއަތޮޅުގެ ފަތުރުވެރިކަން ސަލާމަތްކަމާއި އެކީ މި ލޮލީގެ އަތްދަށުން ސަލާމަތްކޮށްގެން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަކީ އައްޑު އަތޮޅުގެ ހުރިހާ އެންމެން އަތުގުޅާލައިގެން ކުރަންޖެހިފައިވާ ކަމެކެވެ. އަދި ލޮލީ މެނޭޖްމަންޓްގެ އިސްކޮށް އުޅޭ މީހުންންކީ އިސްލާމްދީނަށް ހުތުރުގެނުވާ ބަދުއަހްލާގީ، ފާހިށު އަމަލުތައް ކުރުމުގަ އަރާތިބިބައެކެވެ. އެހެން ކަމުން މިކަމުގެ ނޭދެވޭ އަސަރު މުޅި އައްޑޫ އަތޮޅުގެ ހުރިހާ އެންމެންނަށް ދަނީ ކުރަމުންނެވެ، އަހަރެމެންގެ ޒުވާނުންނާއި ކުޑަކުދިން ހަލާކުވެ، އަދި އަހަރެންމެންގެ ތެރޭގައި ތިބި އަންހެން ކުދިންގެ އިއްފަތްތެރިކަން ނަގާލަމުން ބަޔަކު ދާ އިރު އަހަރެމެންގެ ތެރޭގައި ދެން ތިބި މީހުން ތިބެންވީ އާފިލު ކަމުގެ ނިދިން ނިދާފަ ހެއްޔެވެ. އަހަރެމެން ސަރުކާރަށްވެސް މިގޮވާލަނީ މިޖެހިފައިވާ ވަބާ އަހަރެމެންގެ ތެރޭގައި ދެމި އޮތަދިނުމަށް ސަރުކާރުން ނޫޅޭށެވެ. ޓުއަރިޒަމް މިނިސްޓަރ އަލީ ސަވާދު އާއި ދިޔާނާ އާއި ދެމީހުންގެ އޮންނަ ކޮންކަހަލަ ގުޅުމެއްކަން ނޭގޭ ގުޅުމުގެ ސަބަބުން ސަވާދު، ދިޔާނާގެ މަސްތުވެފައި ވާ ފިރިމީހާ، ލޮލީ ޖާބިރު ހެރެތެރެއިން ބޭލުމަށް އަހަރެމެން ކުރަމުން މިގެންދާމަސައްކަތައް ހުރަސްނޭޅުމަށް ގޮވާލަމެވެ.
0 comments:
Post a Comment