މަންކީ ބިޒްނަސް: ހެރެތެރޭގައި އެއްމެ އާއްމު ބިޒްނަސް

Saturday, January 24, 2009

ވިހިހާސް ރުފިޔާ ދީގެން އެފް އެމް ބީ މެނޭޖަރެއްގެ މަގާމުގައި ބަހައްޓާފައި ހުރި މަރަދޫ ރިޔާޒް (ފިޔެއި ބޮލާ) އިއްޔެ މެންދުރުގެ ވަގުތެއްގައި އަމިއްލަޔަށް ދޯރާ ބާ ތެރެއަށްވަދެ 6 ފުޅި ވިސްކީ ވަގަށް ނަގައިގެން ވިއްކަން އުޅެނިކޮށް ފަޅާއަރައިފިއެވެ. މީނާ އަކީ އެމްޓީޑީސީން ހެރެތެރެ ހިންގި ދުވަސްވަރުވެސް ރަލުގެ މައްސަލައެއްގައި ކަނޑާލާފައިވާ މީހެކެވެ. ޚަބަރު ލިބިފައިވާގޮތުން މީނާ އިއްޔެ ރާ ވިއްކަން އުޅުނީ މަރަދުފޭދޫ މީހަކަށެވެ.

ރާފުޅިތައް ނަގައިގެން ދަބަސްތެރެއަށް ލުމަށްފަހު ފުޅިތައް ނުތެޅޭނެހެން ދަބަސްތެރެއަށް ކަރުދާސް އަޅައި ވަރަށް ރަނގަޅަށް ޕެކްކުރުމަށްފަހު މީނާ ވަނީ ރާ ގަންނަން ދިޔަ މީހާ އަތުން 4900 ރުފިޔާ އަތުލާފައެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން މިކަންތައް ފަޅާއަރައިގެން މިފައިސާވަނީ ރިސޯޓްގެ އެކައުންޓާ ހަވާލުކޮށްފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި 6 ފުޅި ރާ ވިއްކިކަމަށް ބިލު ހަދާފައިވަނީ އައްޑޫ ހޯލްޑިންގ އަށް ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. މިހިރީ ރޯމާ ދުވާލު ރިސޯޓުގެ މެނޭޖަރުންގެ އަމަލުތައް ހުންނަގޮތެވެ. މާދަމާ މިމީހުން ރާ ވިއްކާނީ އަހަރެމެންގެ ދަރިންނަށެވެ. އެހެންކަމުން ވީއެއްމެ އަވަހަކަށް ރިސޯޓުން މިމީހުން ބޭލުމަށް މަސައްކަތްކުރުމަކީ އަހަރެމެންގެ އެއްމެންގެ ޒިންމާއެކެވެ.

0 comments:

މައްޗަށް ދާން